އެންމެ ލޯބިވާ، އެންމެ ބޭނުން ބައިވެރިޔާ ނުލިބިއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާތީކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ލޯބިވާ، އެންމެ ބޭނުން ބައިވެރިޔާ ނުލިބިއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގަންނަވާތީކަން އެނގޭހެއްޔެވެ؟

ބައެއް ފަހަރު ތިމާ ޙާޞިލްކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިދެއެވެ. ތިމާގެ ބައިވެރިއެއްގެ ގޮތުން ލިބެން އެންމެ ބޮޑަށް ބޭނުނަވާ މީހާ ނުލިބިދެއެވެ. މިފަދަ އެކަންކަމެއް ކުރިމަތިވެއެވެ. އެއްކަމަށްވުރެވެސް ގިނަ ކަންކަން ޙާޞިލުނުކުރެވިދެއެވެ. 

އެފަދަ ޙާލުގައި މީހާގެ ފިކުރު އިންތިހާއަށް ބޮޑުވެއެވެ. މާޔޫސްވެއެވެ. ދުނިޔޭގެ ދިިއުޅުންމަތިން ފޫހިވެގެންވެސްދެއެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ކަންކަމަށް ފަރުވާ ވެސް ކުޑަކުރެވެއެވެ.

އެކަމުގެ ޙައްލަކީ އެގޮތަށް އެކަންކަން މެދުވެރިވާ ސަބަބަށް ވިސްނައިލުމެވެ. އެގޮތުން ވިސްނައިލާށެވެ. ހިތުގެ އަޑިން ޤަބޫލުކުރާށެވެ! ތިމާއަށް ތިމާ ބޭނުންވި ކަންކަން ނުވަތަ ކަންތައް ޙާޞިލްއެނުކުރެވުނީ އެކަންތައް ޙާޞިލުކުރެވުނުނަމަ ތިބާއަށް ލިބިދާނެ ބޮޑު ދެރައަކުން ނުވަތަ ގެއްލުމަކުން ތިބާ ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ. އެކަން ޙާޞިލުކުރެވުމުން ފަހުން އަހަރެމެންނަށް ލިބޭނެ ބޮޑު ގެއްލުން އަހަރެމެންނަށް ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. 

އެންމެ ބޮޑަށް ލޯބިވާ ބައިވެރިޔާ ނުލިބިއްޖެނަމަ ޔަޤީންކުރާށެވެ! ނުލިބުނީ ލިބުމުން ތިބާއަށް ލިބެން އޮތްގެއްލުމާއި ހިތްދަތިކަން ބޮޑުވާނެކަން ﷲ ތަޢާލަ ދެނެވޮޑިގަންނަވާތީއެވެ. އަދި ތިބާ ދެކެ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާތީއެވެ. 

ޙަޤީޤަތަކީ މިއީކަމަށް ޤަބޫލުކުރާ އެއްވެސް މީހަކަށް އެމީހާ ޙާޞިލުކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލުނުކުރެވިގެން މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން