"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތެރެއިން ތިމަންކަލޭގެފާނުގެ ދެކެ އެންމެ ބޮޑަށް ލޯބިވާނެ ބައަކު، ތިމަންކަލޭގެފާނަށްފަހު އަންނާނެ!" ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތެރެއިން ތިމަންކަލޭގެފާނުގެ ދެކެ އެންމެ ބޮޑަށް ލޯބިވާނެ ބައަކު، ތިމަންކަލޭގެފާނަށްފަހު އަންނާނެ!" ޙަދީޘް

"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތެރެއިން ތިމަންކަލޭގެފާނުގެ ދެކެ އެންމެ ބޮޑަށް ލޯބިވާނެ ބައަކު، ތިމަންކަލޭގެފާނަށްފަހު އަންނާނެއެވެ. އެބައިމީހުންގެ އަނބިދަރީންނާއި މުދައު ޤުރުބާންކޮށްފައި ވިޔަސް، ތިމަންކަލޭގެފާނު ދެކުމަށް އެބައިމީހުން އެދޭނެއެވެ. "

މުސްލިމްގެ ރިވާޔަތެއް (2832)

ރަސޫލް (ﷺ) އަށް ނުކިޔަމަންތެރިވުމާއި ފުރައްސާރަކުރުމާއި ހަޖޫ ޖެހުމަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުން ފެށިގެން ހިނގަމުން އަންނަ ކަމެކެވެ. އުފާވެރިކަން ލިބެނީ އެކަންކަން ކުރުމާއިއެކުގައިވެސް ރަސޫލް (ﷺ) އަށް ލޯބިކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ. އިތުރު އެކަލޭގެފާނުގެ ސުންނަތަށް ތަބާވާ މީހުން ގިނަވަމުން އަންނާތީއެވެ.

ވީމާ ކޮންމެ ނުބައި ޢަމަލެއް ކޮށްފައިވެސް ފަހުޒަމާންކަމަށް ބުނުމަކުން ނުފުދޭނެކަން މި ޙަދިޘްފުޅުން އެނގިގެންދެއެވެ. ޙަދީޘްފުޅުގައި އެވާފަދަ މީހުން ހަމަ މިޒަމާނުގައިވެސް ތިބޭނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން