މިހާތަނަށް ހާމަވެފައިވާ އެމްޑީޕީގެ ނަތީޖާއަށް ބަލާއިރު ރައީސް ޞާލިޙްގެ އަބުރު ކަތިލަމުން ހިނގި އެޕާޓީގެ މެންބަރުން ވީ ބަލި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިހާތަނަށް ހާމަވެފައިވާ އެމްޑީޕީގެ ނަތީޖާއަށް ބަލާއިރު ރައީސް ޞާލިޙްގެ އަބުރު ކަތިލަމުން ހިނގި އެޕާޓީގެ މެންބަރުން ވީ ބަލި-

އެމްޑީޕީގެ ކައުންސިލް އިންތިޚާބުގައި ކުރި ހޯދުމުގެ ބޭނުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަބުރު ކަތިލައިގެން ކުރި ހޯދަން މަސައްކަތްކުރި ބައަކު އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވި ކަމަށާއި އއެގޮތަށް އެކަންކުރި މީހުން ވީ ބަލިކަމަށް އެޕާޓީގެ ބައެއް އިސް މެންބަރުން ބުނަން ފަށައިފިއެވެ.

"މިހާތަނަށް ގުނި ވޯޓުފޮށި ނަތީޖާއަށް ބަލާއިރު "3 އަހަރުވީއިރު ކުރެވުނު ކަމެއް ނެތް! އިސްތިޢުފާ ދީފަ އަވަހަށް ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވެރިކަން ރައީސް ނަޝީދާ ޙަވާލުކުރޭ" ގޮަމުން ހިނގި ބައަކު އެމްޑީޕީގެ އިސް ސަފުގަ ތިބި. ނަމަވެސް މިހައިތަނަށް ނަތީޖާ ދައްކާ ގޮތުން އެ މީހުންނަށް ކާމިޔާބު ކުރެވުނު ޢަދަދުގެ ދެގުނަ ރައީސް ޞާލިޙަށް ތާއީދުކުރި ކެންޑިޑޭޓުން ހޯދައިފި.

ވީމާ އެމްޑީޕީ ޤައުމީ މަޖިލީހުގެ މެޖޯރިޓީ ރައީސް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ ކެންޑިޑޭތުން ހޯދާނެކަމަށް މިވަނީ ވަރަށް ބޮޑަށް ޔަޤީންކުރެވިފަ." ކަމަށް އެމްޑީޕީގެ ބައެއް އިސް މެންބަރުން ދަނީ ބުނަމުންނެވެ.

އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީކަމަށްވުމުން އެޕާޓީގެ ކަންކަން ހަރުދަނާވުމަށް ގިނަ ބައަކު އެދެއެވެ. "އެމްޑީޕީގެ ބައެއް މެންބަރުން ތިބީ ދެ އޮޑީގައި ދެފައި އަޅައިގެން. ވީމާ ފުރިހަމަ ނަތީޖާއެއް ޔަޤީން ކުރެވޭނީ އަދި ދުވަސްކޮޅަކުން" ކަމަށްވެސް ބައެއް އިސް މެންބަރުން ބުނެއެވެ.

 

މިއަދު އޮންލައިން