މުއްމިނުންނަށް ޣީބަ ބަސް ބުނުމުން ގައިން ދުވާނެ ނުބައިވަސް ތިމާއަށް ދުވާނަމަ އެކަކުވެސް އެކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މުއްމިނުންނަށް ޣީބަ ބަސް ބުނުމުން ގައިން ދުވާނެ ނުބައިވަސް ތިމާއަށް ދުވާނަމަ އެކަކުވެސް އެކަމެއް ނުކުރާނެ!

"އެއްދުވަހަކު ނަބިއްޔާﷺ އަރިހުގައި ޞަޙާބީން ތިއްބަވަނިކޮށް ނުބައި ވަހެއް ދުވަން ފެށިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:

"أتدرون ما هذه الريح؟ هذه ريح الذين يغتابون المؤمنين" "

މާނައ: "މިއީ ކޮން ވަހެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ މީ މުއުމިނުންނަށް ޣީބަބުނާ މީހުންގެ ވަހެވެ."

ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ފިކުރު ތަފާތުވެލާއިރަށް މުސްލިމް އަޚުން އެކަކު އަނެކަކަށް ޣީބަ ބަސް ބުނަމުން ގެންދާއިރު އެކަމުގެ ސަބަބުން ތިމާގެ ގައިން ދުވާ ނުބައި ވަސް އެމީހުންނަށް ދުވާނަމަ ހަމަ އެކަކުވެސް އެކަމެއް ނުކުރާނެއެވެ.

ޣީބަ ނުބުނަންވީ އެއީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމަކަށްވާތީއެވެ! އެކަމުގެ ސަބަބުން ދެދުނިޔޭގައިވެސް އެމީހަކަށް ނިކަމެތިކަން ލިބޭނެތީއެވެ!

 

މިއަދު އޮންލައިން