ޒުވާން އުމުރުގަ ހާފިޡަކަށް ނުވެ ޒުވާން ޢުމުރުގަ މަރުއްޖެނަމަ ސުވަރުގޭގެ އެންމެ މައްޗަށް އަރާނީ ކިހިނަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޒުވާން އުމުރުގަ ހާފިޡަކަށް ނުވެ ޒުވާން ޢުމުރުގަ މަރުއްޖެނަމަ ސުވަރުގޭގެ އެންމެ މައްޗަށް އަރާނީ ކިހިނަކުންތޯ؟

"ސުވަރުގޭގައި 100 ދަރަޖަވެއެވެ. ބުނެވޭނެތެވެ. ޤުރްއާނުން އެނގޭ މިންވަރު ކިޔަވަމުން މައްޗަށް އަރާށެވެ! ކިޔަވައި ނިމޭ ހިސާބުގައި ހުއްޓޭށެވެ. އެއީ ސުވަރުގޭގައި ތިބާގެ ދަރަޖައެވެ." 

މިއީ އަހަރެމެން ހުރިހާ މުސްލިމުންވެސް ވަރަށް ފަސޭހައިން އެނގެން އޮތް ކަމެކެވެ. އަބަދުހެން އަޑުއވޭ ބަސްފުޅެކެވެ. ވީމާ ވީހައި ޒުވާން އުމުރުގައި ވެސް ކީރިތި ޤުރްއާން އުނގެނެން މަސައްކަތްކުރަންވީއެވެ. އެއީ މަރުވާނީ ކޮން ޢުމުރެއްގައިކަން ނުއެނގޭތީއެވެ. ޤިޔާމަތް ދުވަހު ސުވަރުގޭގައި ހިފައިގެން މައްޗަށް އެރޭނީ އެމީހެއްގެ ހިތުގައި އޮތް މިންވަރެއް ކަމުގައިވާތީއެވެ. 

ދެން އޮތީ އެންމެ މުހިންމު ބައެވެ. އެއީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގެ ބައެވެ. ހާފިޡަކަށްވުމަކީ ކީރިތި ޤުރްއާނުގެ މާނަ އެނގޭ ކަމެއް ނޫނެވެ. އޭނާއަށް އެނގޭނީ މުޞްޙަފްގެ ދެލިގަނޑެވެ. ޢަމަލުކުރުމުގައި ޙާފިޡުންނާއި އަހަރެމެން ވެސް ހަމަ ހަމައެވެ. އަހަރެމެންނަށް ވެސް، އެންމެންނަށްވެސް އޮތީ ޤުރްއާނުގައިވާ އެއްޗެއް އުނގެނި ޢަމަލުކުރުމެވެ. 

ބާލިޣްވެ ބުއްދި ފުރިހަމަވުމަށްފަހު ފުރަތަމަ ޢަމަލުކުރަންޖެހޭނެ 'ޤާނޫނަކީ" ޤުރްއާނެވެ. އިންސާނުން އުފައްދާފައިވާ ޤާނޫނުތަކަށް ޢަމަލުކުރުން އަންނަންޖެހޭނީ އެއިގެ ފަހަތުންނެވެ. ހަމަ ކޮންމެ މީހަކަށެވެ. ކޮންމެ މުސްލިމަކަށެވެ. ޤުރްއާނަށް ޢަމަލުކުރަންޖެހުމުގައި ހާފިޡަކަށްވުމަކުން އެއްވެސް ތަފާތެއް ނެތެވެ. 

ވީމާ ޙާފިޡަކަށްވުމުގެ މަސައްކަތަކީ ވަކި އުމުރެއްގައި ކުރަންޖެހޭނެ މަސައްކަތެއްކަމަށް ދެވޭ ފަތުވާތައް އެހައި ފުރިހަމައެއް ނޫނެވެ. ވީހައި އަވަހަކަށް ދަސްކުރަންވީއެވެ. އަދި މާނަ ދަސްކޮް ޢަމަލުކުރަން ފަށަންވެސްވީއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން