ކީރިތި ޤުރްއާން ރިވެތިކޮށް ތަޖުވީދުމަގުން ކިޔަވާ އަޑުއަހަން ލިބުމަކީ ނަމާދުގައި ވެސް މީހާއަށް ލިބޭ ހިތްހަމަޖެހުން އިންތިހާއަށް އިތުރުވެގެންދާ ކަމެކެވެ. ނަމާދުގެ ތެރެއަށް އިތުރަށް ފީނައިލެވި ގެނބިގެންދާ ކަމެކެވެ.
ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ރިވެތިކޮށް ކިޔަވާ ކުދިންގެ ފަހަތުގައި ނަމާދުކުރެއެވެ. އިމާމްވެ ނަމާދުކުރުމުގެ ފުރުޞަތު އެކުދިންނަށް ދެއެވެ. އެކުދިންނަކީ މާދަމާގެ ބޮޑެތި އިމާމުން ކަމަށް ހަދަން މަސައްކަތް ކުރެއެވެ.
ކުޑައިރު އިމާމްވެ ނަމާދުކުރަން ފުރުޞަތު ލިބުމަކީ ބޮޑުވުމުން އިމާމަކަށްވުމަށް ކުދިން ޝައުޤުވެރިވާނޭ ކަމެކެވެ.
މި ވީޑިއޯ ބައްލަވާލައްވާ!: