ބިރުވެތިވޭ! މީހަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ބިރުވެތިވޭ! މީހަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން!

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. 

ﷲ ތައާލާ ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ޖަރީމާއެކެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށާއި ރަސޫލް (ﷺ) އަށް ފުރައްސާރަކުރުމެވެ. 

ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކޮންމެ ކަމެއް ކުރުމަކީވެސް ޖަރީމާއެކެވެ. އެކަންކަން ނުކުރުމަށް އަބަދުވެސް މިގެންދަނީ ގޮވާލަމުންނެވެ. އެހެންކަމާއިއެކުވެސް އިސްލާމް ދީނަށާއި ރަސޫލް (ﷺ) އަށް ފުރައްސާރަކުރުމަކީ މިފަދަ ޙަރާމް ކަންކަން ކުރުމާއި އަޅައިވެސް ނުކިޔޭނެ މާބޮޑު ޖަރީމާއެކެވެ. އެކި ޖަރީމާގައި ނުބައިކަން ހުރީ އެކި ވަރަށެވެ. ނުއެނގުމަށް އޮތް ޙައްލަކީ އުނގެނި ދަސްކުރުމެވެ."

ނަމަވެސް މިއަދު މިފެންނަނީ ސަމާސާޢަކަށްހަދައިގެންވެސް ﷲ ތަޢާލާ އަށާއި އެކަލާނގެ ދީނަށް އަދި ރަސޫލް ﷺ އަށް ފުރައްސާރަކުރާތަނެވެ. ހަޖޫޖަހާތަނެވެ. 

އިސްލާމް ދީނަށާއި ރަސޫލް (ﷺ) އަށް ފުރައްސާރަކުރުމަކީ އެހެން އެއްވެސް ފާފައަކާއި އަޅައިވެސް ނުކިޔޭނެ މާބޮޑު ޖަރީމާއެކެވެ. އެހެނީ އެކަންކަމަކީ މީސްތަކުން އިސްލާމް ދީނުން ބޭރުކުރަން ކުރެވޭ މަސައްކަތަކަށްވެފައި އެކަމުގެ ފާފަ ބޮޑުކަމުންނެވެ.

މިއަދު އޮންލައިން