ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދާނަމަ ބަރަކާތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދާނަމަ ބަރަކާތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

ރަނގަޅަށް ވިސްނައި ކޮޅުކޮޅު ބަލާށެވެ! ރައްޓެހިންގެ ދިރިއުޅުމުން ވެސް ބަލާށެވެ! އޯގާތެރިކަމާއިއެކު އަމަލުކޮށް މުޢާމަލާތުކުރާ ދެމަފިރިން ތިބޭނީ މާއުފަލުގައެވެ. ދިރިއުޅޭނީ މާ ލޯބިންނެވެ.

ލިބޭ މިންވަރަކުން ޢާއިލާގެ ބޭނުންތައް ފުއްދަން ސަމާލުކަން ދޭ ޢާއިލާތަކުގެ ތަނަވަސްކަން އިތުރުވާނެއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެމީހުންނަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުވާތީއެވެ! އެމީހުންނަށް ދެއްވަވާ މިންވަރު މަދުނަމަވެސް އޭގައި ބަރަކާތް ލައްވަވާތީއެވެ.

ގޭގައި ހުރި ތިޖޫރީ ކިތަންމެ ބޮޑުނަމަވެސް އެއިގެ ފުރެންދެން ފައިސާހުރިނަމަވެސް އެކަމުގެ އުފާ ޙާޞިލުކުރެވޭނީ ލިބޭ މިންވަރުން ޚަރަދުކުރާނަމައެވެ. ނޫންނަމަ އަބަދުވެސް އުޅެންޖެހޭނީ ލިބޭމިންވަރު މަދުވެގެންނެވެ.

ތަނަވަސްކަން ހުރިނަމަ އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ނުލިބޭ މިންވަރުން ޚަރަދުކުރަން އުޅުމުންނެވެ. ލޯނުނަގައި ދަރަނިވެރިވެގެން ދިރިއުޅެން ވިސްނާތީއެވެ.

އަހުރެންނަށް މައުލޫމާތުދޭ މީހުންގެ ކިބައިން އެނގޭ ގޮތުގައި ރައްޓެހިންގެ ތެރެއިން ފަޤީރުންނާއި ބައްދަލުވުމުން މާބޮޑަށް ހިނިތުންވެއެވެ. ސަބަބަކީ ދެއްވެވި މިންވަރަށް ފުދިގެން ތިބުމެވެ. ތަނަވަސް މީހުންގެތެރެއިން ގިނަ މީހުން ހިނިތުންވާނީވެސް ފާޑަކަށެވެ. އެއީ ކަމަކުކިޔައިފާނެކަމަށް ބިރުން ތިބޭތީއެވެ.

ހަމައެފަދައިން ފަޤީރުންނާއި ބައްދަލުވުމުން ވާހަކަދައްކާލަން އެމީހުން ވެސް ބޭނުންވެއެވެ. އެކަމަށް ވަގުތު ހޭދަކުރެއެވެ. ނަމަވެސް ތަނަވަސް މީހުން ވާހަކަ ކުރުކޮށްލާނެއެވެ. ބިޒީކަން ދައްކަމުން އަވަހަށް ދުރަށްދާނެއެވެ. އެއީވެސް ކަމަކުކިޔައިފާނެތީއެވެ.

ވީމާ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނަމަ ލިބޭ މިންވަރުން ޚަރަދުކުރާށެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވާށެވެ! މުސްލިމުން އުޅެން އޮތް ގޮތަކީ އެއީ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން