ތުއްތު ދަރިންގެ ކަންކަން އެކުދިންގެ ބައްޕައިން ކޮށްދިނުމަކީ ގިނަގުނަ ސަވާބު ދެއްވަވާ މަތިވެރި އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތުއްތު ދަރިންގެ ކަންކަން އެކުދިންގެ ބައްޕައިން ކޮށްދިނުމަކީ ގިނަގުނަ ސަވާބު ދެއްވަވާ މަތިވެރި އަޅުކަމެއް!

އަހަރެމެންގެ ތެރެއިން ގިނަ ފިރިހެނުންނަކީ ތުއްތު ދަރިން ތާހިރުކޮށް ފެންވަރުވައި ކާންދީ ހެދުމަކީ އެމީހުން ކުރަން ޖެހޭނެ ކަންކަން ނޫން ކަމަށް ޤަބޫލުކުރާ ބައެކެވެ. ހަމަ އެފަދައިން ބައެއް ދިރިހެނުން އެކަންކަން ކުރަން ލަދުވެސް ގަނެއެވެ. އެކަންކަން ކުރާ ފިރިހެނުންގެ އަދަދު މަދުކަމުން ކުރަން އެނގެނީވެސް ވަރަށް މަދު ބައަކަށެވެ.

މިއީ ވަރަށް ދެރަ ކަމެކެވެ. އެހެނީ އެމީހެއްގެ ތުއްތު ދަރިން ތާހިރުކޮށް، ފެންވަރުވައި، ކާންދީ ހެދުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. އެނގޭހެއްޔެވެ؟ ސުންނަތް ނަމާދުކުރުން ފަދަ ހެޔޮ އަމަލުތައް ކުރުމުން ﷲ ތަޢާލާ އާއި ކުއްތަން ވެވޭ ފަދައިން ދަރިންގެ ކަންކަން ކޮށްދިނުމަކީ ވެސް ﷲ ތަޢާލާ އާއި ކުއްތަންވެވޭ އަމަލެކެވެ.

ހިތާމައަކީ މިފަދަ ކަންކަން މީސްތަކުންނަށް ޤަބޫލުކުރެވޭ މިންވަރު މަދުވުމެވެ. ސަމާލުކަން ދެވޭވަރު ކުޑަވުމެވެ. އަޅުކަމަކީ ހަމައެކަނި މިސްކިތުގައި ކުރާ ކަންކަން ކަމުގައި ޤަބޫލުކުރެވޭތީއެވެ. މިސްކިތްތަކުގައިވެސް މިކުރަނީ ހަމަ އަޅުކަމެވެ. ހަމަ އެފަދައިން ގޭގައި ހުންނަ ވަގުތު އަނބިންނަށް އެހީތެރިވެދިނުމާއި ގޭތެރޭގެ މަސައްކަތްކުރުމަކީ ވެސް އަޅުކަމެވެ. މަތިވެރިވެގެންވާ ސުންނަތެކެވެ.

އެއްވެސް ޙާލެއްގައި މިފަދަ ބަސްތައް މިބުނަނީ ވަކި މީހަކު ނުވަތަ ވަކިބައަކު ކުށްވެރިކުރާކަށް ނޫނެވެ. ހަމައެކަނި ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ. ލިބެން ހުރި ގުނަ ސަވާބުތަކެއް ލިބި ނުގަނެ ދޫކުރަމުން ގެންދާތީ އެކަމަށް ހޭލުންތެރި ކުރުވުމަށެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން