މިއަދުގެ ޚުޠުބާގައިވެއެވެ. "ނޫސްމަޖައްލާތަކާއި ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ތިމާގެ މުސްލިމް އަޚާގެ ޢިއްޒަތާއި، ޢަބުރަށް އަރައިގަންނަ މީހުންނާއި މީހުންނާއި ތިމާގެ އަޚާގެ ޙުރުމަތް ކަނޑާލައި އަނިޔާވެރިވެއުޅޭ މީހުން ިމފަދަ ވަޞިއްޔަތްތަކާއިމެދު ފުންކޮށް ވިސްނަން ޖެހެއެވެ."
މިވަޞިއްޔަތް ކިތަންމެހައިވެސް މުހިންމެވެ. ނަމަވެސް މި ޢިބާރާތް އަންނަނިވި ގޮތަށް ބަޔާން ނުކޮށް ރާއްޖޭގައި ﷲ ތަޢާލާގެ ޙައްޤުތައް ޙިމާޔަތްކުރެވެން އެބައޮތްތޯއެވެ؟
"މަޖިލިސް މެންބަރުން މަޖިލިސް ޓީވީޗެނެލާއި ޔޫޓިޔުބްޗެނެލް އަދި މަޖިލީހުގެ ޔައުމިއްޔާފަދަ ވަސީލަތްތައް މެދުވެރިކޮށް، ﷲ ތަޢާލާގެ މަތިވެރިވަންތަކާއި ޙައްޤުފުޅުތަކަށް އަރައިގަނެ ﷲ ތަޢާލާ އާއި އިސްލާމް ދީނުގެ ޙުރުމަތް ކަނޑާލައި އިސްލާމް ދީނަށް އަނިޔާވެރިވެއުޅޭ މީހުން މިފަދަ ވަޞިއްޔަތްތަކާއިމެދު ފުންކޮށް ވިސްނަން ޖެހެއެވެ."
މިހެން ދަންންވަން މިޖެހެނީ ދުނިޔޭގައި އުޅޭ އެންމެންނާއި އުޅުނު އެންމެންމާއި އުޅޭނެ އެންމެންގެ ޙައްޤުތަކަށްވުރެވެސް ﷲ ތަޢާލާގެ ޙައްޤުފުޅުތައް މަތިވެރިކަން ބޮޑުވުމުންނެވެ. އިސްލާމް ދީނުގެ މަތިވެރިކަން ބޮޑުވުމުންނެވެ.
ޚުޠުބާ ލިޔާ މީހުންނަށްވެސް މަޖިލީހުގައި ހިންގަމުން ގެންދާ މިފަދަ ބޮޑެތި ޖަރިމާތަކުގެ ވާހަކަ ދައްކަން ނުކުރެނީ މަޖިލީހަށް ބިރުން ކަމަށްވާނަމަ އެކަންވާނީ ﷲ ތަޢާލާއަށްވުރެ މަޖިލިސް ދެކެ ބިރުގަންނަނީކަމަށް ނޫންތޯއެވެ؟