އައްރަޙްމާން ސޫރަތުން ލިބޭ ފިލާވަޅުތަކުން 5: ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ ތިބާ ދޫކޮށް ނުލައްވަވާކަމާ ތިބާއަށް ވަގުތުން ރައްކާތެރިކަން ދެއްވަވާކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އައްރަޙްމާން ސޫރަތުން ލިބޭ ފިލާވަޅުތަކުން 5: ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ ތިބާ ދޫކޮށް ނުލައްވަވާކަމާ ތިބާއަށް ވަގުތުން ރައްކާތެރިކަން ދެއްވަވާކަން-

ﷲ ތަޢާލާ އައްރަހްމާން މިފަދައިން ވަހީކުރެއްވެވުމުން އޭގެ މާނައީ އެކަލާނގެ ތިބާދެކެ ލޯބިވެވޮޑިގަންނަވާ ކަމެވެ. އޯގާތެރިވަންތަކަމެވެ، އަދި އެކަލާނގެ ތިބާއަށް އަޅައިލުންތެރިކަން ބޭނުންވާކަން ދެނެވޮޑިގެންވާ ކަމެވެ. އަދި އޯގާތެރިކޮށް ބައްލަވާނޭކަމެވެ. އަދި ތިބާގެ ކޮންމެ ކަމަކަށް އެކަލާންގެ ބައްލަވައި އަޅާލުންތެރިވެވޮޑިގަންނަވާނޭކަމެވެ. ތިބާއަކީ މީހެއްކަމުގައި ނުބައްލަވައި ދޫކޮށްނުލައްވަވައި ހާއްސަކަމެއްދެއްވަވައިގެން އެކަލާނގެ ތިބާގެންގުޅުއްވަވާނޭކަމެވެ. އެކަލާނގެ ތިބާދޫކޮށްނުލައްވަވާނޭކަމެވެ. 

އަދި އަރަބީގައި މިބަސްނެގޭ އެހެންގޮތަކަށްބަލައިލާއިރު، މިއީ "ގިނަގުނަ އާދަޔާޙިލާފް" އާއިވެސް ގުޅުވިގެންއަންނަބަހެކެވެ. މިސާލަކަށް ކަރުހިއްކުން މިއީއެއްބަހެވެ. ނަމަވެސް ކަރުހިއްކައިގެން މަރުވަނިއްޔޭބުނެފިނަމަ އެބަ އެބަހުގެ މިންގަނޑަށްބަދަލުތަކެއްއާދެއެވެ. 

ދެން މިބަހާއިގުޅޭ އަނެއްލަފުޒަކީ "ހަމަމިވަގުތު" މިއެވެ. ވީމާ ރަހްމާންއޭ ބުނުމުން ﷲ ތަޢަލާގެ ލޯބިވެވޮޑޮގަތުން އަދި އަޅާލުންތެރިކަން އެއީ އެއްކަމެވެ. ﷲ ތަޢާލާ ދެއްވައި ރައްކާތެރިކަންއެއީ އަނެއްކަމެވެ. އަދި ހަމައެހެންމެ ހަމަމިވަގުތު ތިބާ ރައްކާތެރިކޮށްދެއްވެވުންހިމެނެނީ އެހެންކަމެއްގެގޮތުގައިނޫންހެއްޔެވެ. މިގޮތުން ހަމަ މިހާރު އެކަލާންގެ އަހަރެން އެބަރައްކާތެރިކޮށްދެއްވައެ، ހަމަ މިވަގުތު އެކަލާނގެ އަހަނަށް އޯގާތެރިވެވޮޑިގެން އަހަރެންދެކެ އެބަލޯބިވެވޮޑިގަންނަވައެވެ. ހަމަ މިވަގުތުއެކަލާނގެ އަހަރެން މީހެއްގެ ގޮތުގައިދެކެވޮޑޮގެން އަހަރެންގެ ކަންކަމަށްއިސްކަންދެއްވަވައޭ ބުނުމުން ކިހައިބޮޑުތަފާތުކަމެއް އެބައާދޭހެއްޔެވެ. އައްރަހްމާން މި އާޔަތުގެ ފުރިހަމަ ތަފްސީރަކީ މިއެވެ. 

އެއާޔަތުން އެދޭހަވަނީ ހަމަމިވަގުތު އެކަލާނގެ ތިބާދެކެލޯބިވެވޮޑިގަންނަވާގޮތެވެ. މާދަމާ އަކުނޫނެވެ. އަދި ފަހުގެ ދުވަހެއް ނުވަތަ ޒަމާނަކުވެސްނޫނެވެ. ހަމަ މިވަގުތުއެވެ. 

އަހަރުމެން ކޮންމެ އިންސާނަކުގެވެސް ވިސްނަންޖެހޭ އެތައްކަމެއް ހުރެއެވެ. އާއިލާމީހުން އޯގާތެރިނުވުން، އަނބިން ބަސްނޭހުން، ފިރިންގޮތްދޫނުކުރުން، ދަރިން ބަސްނޭހުން،

މައިދައިތަމެން ބަފައިބެމެން ވަންނަންނުޖެހޭ މައްސަލަތަކަށް ވަނުން، އޮފީހުންއަންނަ ގޮންޖެހުންތައް، ގައުމުގެ ސަރުކާރުގެ ދޯހަޅިކަމުން ލިބޭގެއްލުންތައް ހުރޭނޫންހެއްޔެވެ. އަހަރުމެން މި މައްސަލަ ތަކާއިމެދު އަބަދު ވިސްނަމު ނަމަވެސް އައް ރަހްމާންއާއި މެދު އަބަދަކު ނުވިސްނާނޫންތޯއެވެ. 

އަހަރުމެން ވިސްނަމުންދަނީ އަހަރުމެންނަށްކުރިމަތިވާ މައްސަލައާއިމެދުއެވެ. އެކަލާނގެ އަހަރުމެން ރައްކާތެރިކޮށްދެއްވައިކަންކަމާއި މެދު އަހަރުމެން ނުވިސްނައެވެ. މިސާލަކަށް އެލާޖިކެއް ވެގެންއުޅޭނަމަ އެވާއުނދަގުލުގެ ވާހަކަ ތަކުރާރުކޮށް ދައްކާއިރު ތިބާގެ ނޭފަތް މޫނުގައި އަދިވެސް އެބަހުރިކަން ހަނދާނެއްނުހުރެއެވެ. އެއީ އެކަލާނގެ ތިބާ ރައްކާތެރިކުރައްވާތީއެވެ. 

- ނޫމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ

މިއަދު އޮންލައިން