މައިންބަފައިންނަށް ކަންކަން ކޮށްދޭން އަނބިން ގާތު ބުނާނަމަ ކޮންމެހެންވެސް ވިސްނާލަން ޖެހޭނެ ބައެއް ކަންކަން: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މައިންބަފައިންނަށް ކަންކަން ކޮށްދޭން އަނބިން ގާތު ބުނާނަމަ ކޮންމެހެންވެސް ވިސްނާލަން ޖެހޭނެ ބައެއް ކަންކަން: ޑރ. ޒާކިރު ނައިކް

ﷲ ތަޢާލާ ވަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަށާއި އަނބިންނަށް ހެޔޮކޮށް ހިތުމަށް އަންގަވައިފައެވެ. ވީމާ މި 2 ކަންތައްވެސް ކުރަންޖެހޭނެއެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައިވެސް ފިރިމީހާއަށް ކިޔަމަންތެރިވުމަށް ވެސް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ވީމާ މިއީވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. 

ތިމާގެ މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ގޮތުން މިސާލަކަށް ކައްކައިދޭން އަނބިމީހާ ގާތު ބުނެވިދާނެއެވެ. ނަމަވެސް ބުނަންވާނީ އަމުރުވެރި ގޮތަކަށް ނޫނެވެ. އެކަންކޮށްދިނުމަށް އެދޭ އުޞޫލުންނެވެ. އެމީހާގެ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އެމީހާގެ ކަމެކެވެ. އެހެން މީހުންނަށް އެކަމުގައި މަޖުބޫރުކުރުމެއް ނެތެވެ. ފިރިން އެދިއްޖެނަމަ އެކަންކޮށްދިނުމަކީ އަނބިންނަށް ޘަވާބްދެއްވަވާނެ ކަމެކެވެ. 

ދެން މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާގެ އަނބިމީހާއަކީ ގިނަ ދަރިންތަކެއް ގޮވައިގެން އުޅޭ މީހަކަށްވެއްޖެނަމަ ވަކިން ކައްކާފައި ކާންދިނުން އުނދަގޫކަމަކަށްވެދާނެއެވެ. ހަމައެފަދައިން ޚާއްޞަ އެއްޗެތި ކަންކަން ޖެހޭނަމަވެސް އެޙާލަތުގައި އުނދަގޫވެދާނެއެވެ. ވީމާ އެފަދަ ޙާލަތުގައި އަނބިމީހާއަށް ލުއިކޮށްދީ އެކަންކުރާނެ ވަގުތު ހޯދައިދޭންވާނެއެވެ. ހަމައެއާއިއެކު ތިބާއަކީ ބޭނުންހައިވަރަކަށް ޚަރަދުކުރުމުގެ ޤާބިލުކަންހުރި މީހަކުނަމަ އެކަންކުރަން އަނބިމީހާއަށް ބާރުއެޅުމެއްވެސް ނެތެވެ. މައިންބަފައިންނަށް ކައްކައިދޭން މީހަކު ގެންގުޅެންވީ ނޫން ހެއްޔެވެ؟ 

ޚުލާޞާއަކީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އެމީހެއްގެ ކަމެކެވެ. އަނބިމީހާލައްވާވެސް އަދި ފިރިމީހާ ލައްވާވެސް ތިމާގެ އަމިއްލަ މައިންބަފައިންނަށް ޚިދުމަތްކުރުވަން ބޭނުންނަމަ އޮތީ އޯގާތެރިކަމާއިއެކު އެކަމަށް އެދުމެވެ. މަޖުބޫރުކުރުމެއް ނެތެވެ. 

 

ހަމަ އެޢާއިއެކު ވިސްނައިލާށެވެ. ދެމަފިރިންވެސް ދެކެންވާނީ ދެމީހުންގެ މައންބަފައިންނަކީވެސް ތިމާގެވެސް އަމިއްލަ މައިންބަފައިން ކަމަށެވެ. ފިރިމީހާ އިސްމީހާވެގެން އަނބިމީހާއަށް އަމުރުކުރުމެއް ނެތެވެ. ދެމަފިރިންވެސް ހަަމވާންވާނެއެވެ. އުފާވެރިކަންލިބޭނެ އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ އެއީއެވެ. 

 

މަޢުލޫމާތު: ޑރ. ޒާކިރް ނައިކުގެ ބަސްފުޅަކުން

މިއަދު އޮންލައިން