ސައުދީ ނޫސްވެރިޔާ މަރާލި މައްސަލައިގަ ސައުދިއަށް ފިޔަވަޅު ނޭޅުމުން އެމެރިކާގެ ރައީސަށް ފާޑުކިޔުން އިތުރުވަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ސައުދީ ނޫސްވެރިޔާ މަރާލި މައްސަލައިގަ ސައުދިއަށް ފިޔަވަޅު ނޭޅުމުން އެމެރިކާގެ ރައީސަށް ފާޑުކިޔުން އިތުރުވަނީ-

ތުރުކީ އެމްބަސީއަށް ދިއުމުން މަރައިލި ސައުދީ ނޫސްވެރިޔާ ކަޝޮއްގި މަރާލެވުނު މައްސަލައިގައި ސައުދިއަރަބިޔާއަށް ފިޔަވަޅު އަޅާނެ ކަމަށް ކުރިން ބުނެފައި މިހައިތަނަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެމެރިކާގެ ރައީސް ބިޑެންއަށް ފާޑުކިޔުންތައް އިތުރުވާން ފަށައިފިއެވެ.  

މިއަދަކީ ނޫސްވެރިޔާ މަރާލިތާ 3 އަހަރު ފުރުނުދުވަސްކަމަށްވުމުން ކަންބޮޑުވުން ފައުޅުކުރާ މީހުން ބުނަމުންގެންދަނީ މިކަން އޮއްބައިލުމަށް އެމެރިކާގެ އިސް ބައަކާއި ސައުދީ ވަލީ އަހުދު ދާދިފަހުން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. 

މިކަމާއިގުޅިގެނަ ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާއިން ކުރާކަމަކީ އެކި ގޮތްގޮތުން ޢަރަބި ޤައުމުތަކުގެ ވެރިން ބްލެކްމޭލްކޮށްގެން ފައިށާ ހޯދުންކަމަށެވެ. މިފަދަ ކަންކަން ފޮރުވަން އެމެރިކާއަށް ބޮޑެތި ޢަދަދުތަކުން ޗަންދާ ދައްކަންޖެހޭކަންވެސް ފާހަގަކުރެއެވެ. ހަމައެއާއިއެކު އެމެރިކާއަށް އަޅުވެތިވެގެން ޢަރަބިންނަށް ތިބެންޖެހެނީވެސް މިފަދަ ކަންކަމާއި ގުޅިގެންކަންވެސް ފާހަގަކުރެއެވެ.

މިއަދު އޮންލައިން