ޙަދީޘްގައިވާ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު 4 އަމަލުން 3 ޢަމަލު ހަމަ އެންމެ ނިކަމެތި މީހާއަށްވެސް ކުރެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޙަދީޘްގައިވާ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު 4 އަމަލުން 3 ޢަމަލު ހަމަ އެންމެ ނިކަމެތި މީހާއަށްވެސް ކުރެވިދާނެ!

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ.

"މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި، އެމީހަކަށް ޖެހިފައިވާ ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދިނުމާއި، އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުމާއި، އެމީހެއްގެ ދަރަންޏެއް އަދާކޮށްދިނުމަކީ الله ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތަކެވެ"

الله ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތައް ކަމުގައި މި ޙަދީޘްފުޅުގައިއެވަނީ: 

1 މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި، 

2 އެމީހަކަށް ޖެހިފައިވާ ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދިނުމާއި، 

3 އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުމާއި، 

4 އެމީހެއްގެ ދަރަންޏެއް އަދާކޮށްދިނުމެވެ. 

ވިސްނާލުން ކީއްތޯއެވެ؟ 

މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި، 

އެމީހަކަށް ޖެހިފައިވާ ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދިނުމާއި، 

އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުން 

މި 3 ކަންތަކަކީވެސް ފައިސާ އާއި ނުލައިވެސް ކުރެވިދާނެ ކަންކަމެވެ. ހިތްދަތިޙާލުގައި ހުންނަ މީހެއްގެ ހިތަށް އުފާވެރިކަން ވައްދައިދޭން ބޭނުންވާނީ އުފާވެރިބަސްތަކާއި އޯގާތެރިކަމާއި ލޯތްބާއި ކުލުނެވެ. އެކަކަށް ބޮޑު މުޞީބާތަކަށްވެފައިވާ ކަމެއް ފިލުވައިދޭން މެދުވެރިއެއްގެ ދައުރުވެސް އަދާކުރެވިދާނެއެވެ. އަވަށްޓެރިޔާގެ ގެއަށް ކަރަންޓުގެ މައްސަލައެއް ފަދަ ކަމެއް ދިމާވެފައިވާވަގުތެއްގައި އެކަން ޙައްލުކޮށްދިނުން، ގޭސް ހުސްވެގެން ނުކެއްކިފައި ހުރި ވަގުތެއްގައި ކާއެތިކޮޅު ރޯފިލުވާލަދިނުން ނުވަތަ އަތުގައި އިތުރު ގޭސްފުޅިއެއް ހުރިނަމަ ބޭނުންކޮށްލަން ދިނުންވެސް ވާނީ އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުން ކަމަށެވެ. 

ތަނަވަސްކަން ހުރިނަމަ މީހެއްގެ ދަރަނިފިލުވައިދިނުން ނުވަތަ ދަރަނި މާފުކުރުންވެސް ވެގެންދާނީ އޭނާގެ ދަރަނި އަދާކޮށްދިނުމަށެވެ. 

الله ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެއް ނުވަތަ ޢަމަލުތައް ކުރެވޭނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ލިބިގެންދާނެ ބޮޑު އުފާވެރިކަން ހިތްމައްޗަށް ގެންނާށެވެ! އެއަސްވުރެ ވަކިން ބޮޑު އުފަލަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟

މިއަދު އޮންލައިން