ފުވައްމުލަކު ހޮސްޕިޓަލުގަ ފަރުވާދެމުން ދަނިކޮށް މިރޭ އިރާކޮޅު ނިޔާވި ސާދާ ސަޢުދުﷲ ގެ މައްޗަށް ކަށުނަމާދުކުރުން މިރޭގެ ފަތިސް ނަމާދަށްފަހު ފުވައްމުލަކު މަސްޖިދު އިނާރާގައި އޮންނާނެއެވެ.
ޢުމުރުން 6 އަހަރުގެ ސާދާ ނިޔާވީ ހޮސްޕިޓަލުގެ އިހްމާލުންކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަން ހުށަހަޅައިފިނަމަ މައްސަލަ ބަލާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ހޮސްޕިޓަލުން ބުނެފައިވަނީ ފަރުވާދެމުން ގެންދިއައީ އައިޖީއެމްއެޗްގެ ޓީމެއްގެ ލަފާގެދަށުން ކަމަށެވެ.