ސުވަރުގެ ޔަޤީންކުރަން އެދޭނަމަ ޞަޙާބީން ފަދައިން ރަސޫލް ޞޢވ, ގެ ދިފާޢުގަ ޖިހާދުކުރާ މީހަކަށްވާށެވެ! އެފުރުޞަތު ހަމަ އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސުވަރުގެ ޔަޤީންކުރަން އެދޭނަމަ ޞަޙާބީން ފަދައިން ރަސޫލް ޞޢވ, ގެ ދިފާޢުގަ ޖިހާދުކުރާ މީހަކަށްވާށެވެ! އެފުރުޞަތު ހަމަ އެބައޮތެވެ!

ބައެއް މީހުން ބުނާއަޑުއިވެއެވެ. "ޞަހާބީންނަށް އެހައި މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީ ރަސޫލް ގެ ޙަޔާތްޕުޅުގައި އެބޭކަލުން ދިރިއުޅއްވެވީތީއެވެ. އަހަރެމެންނަކަށް އެފުރުޞަތެއް ނެތެވެ." 

މިއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަރެމެންނަށްވެސް އެ ފުރުޞަތު ހަަމ އެބައޮތެވެ. އެވާހަކައިގެ ކުރިން ފެށުމެއްގެ ގޮތުން މިވާހަކަކޮޅު އަޑުއަހައިލާށެވެ. 

އުހުދު ހަނގުރާމައިގެ ދުވަހު ރަސޫލް (ﷺ) އަށް އަމާޒުކޮށް މުޝްރިކުން ދެމުން ގެންދިއަ ޙަމަލާތަކުން ރަސޫލް (ﷺ) ދިފާޢުކުރައްވަން ޠޮލްހަތުގެފާނުގެ އަތްޕުޅުގައި ހަތިޔާރެއް، އައްޑަނަކޮޅެއް ނެތުމުން ދިއްކުރައްވަވަމުން ގެންދެވީ އަމިއްލަފުޅު މޭފުޅެވެ. 

ނަތީޖާއަކަށްވީ ހަނގުރާމަ ނިމިގެން ބެއްލެވި އިރު ޠޮލްޙަތުގެފާނުގެ ހަށިކޮޅަށް 70 އަށްވުރެ ގިނަ ތީރުތައް އަރާފައިވުމެވެ. ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ އެ ތީރުތަކާއިއެކުގައެވެ. 

އެނގިގެން މިދަނީ މުސްލިމުން ރަސޫލް (ﷺ) އަށް ލޯބި ކުރެއްވެވި މިންވަރެވެ. ދައްކަވައި ދެއްވެވީ އެބޭކަލުންގެ އަމިއްލަ ހަށިކޮޅުތަކަށްވުރެ ރަސޫލް (ﷺ) ގެ މައްޗަށް ލޯބިފުޅު ކުރެއްވެވި ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރެއްވެވި ކަމެވެ. 

އާނއެކެވެ! މިއަދަކު ރަސޫލް ﷺ ދުނިޔެއަކު ނެތެވެ. ވީމާ ދުނިދަނޑިއާއި ތީރަކުން އިތުރު އެކަލޭގެފާނަކަށް ޙަމަލާއެއް ނުދެވޭނެއެވެ. ނަމަވެސް މިއަދު ދެ ޙަމަލާތައް މާގިނައެވެ. ާނުރައްކައުތެރިއެވެ. ތަފާތީ ޙަމަލާދޭ ގޮތެވެ!  

މީސްތަކުންނޭވެ! މިއަދު ޙަމަލާދެނީ ރަސޫލް ﷺ ގެނެސްދެއްވެވި ދީނަށެވެ. ނުވަތަ ރަސޫލް ﷺ މެދުވެރިކުރައްވަވައި ﷲ ތަޢާލާ އަހަރެމެންނަށް ބާވައިލެއްވެވި ދީނަށެވެ. މިއަދު ނެތިކޮށްލަން މަސައްކަތް ކުރަމުން އެގެންދަނީ ރަސޫލް ﷺ ގެ ހަށިކޮޅެއް ނޫނެވެ. އިސްލާމް ދީނެވެ. 

ވީމާ މިއަދު އަހރެމެން ދިފާޢުކުރަން ޖިހާދުކުރަންވީ އިސްލާމް ދީނެވެ. ކީރިތި ޤުރްއާނެވެ. ރަސޫލް ﷺ ގެ ސުންނަތެވެ. އަހުރެންގެ ނަޒަރުގައި ޞަޙާބީންވެސް ޖިހާދުކުރެއްވެވީ ހަމައެކަމަށެވެ. ވީމާ އަހުރެމެންނަށް ވެސް ހަމަ އެޖިހާދުކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖަ އުފުއްލަން މަސައްކަތްކުރުމުގެ ފުރުޞަތު އެބައޮތެވެ. އެއިރުން އަހަރެމެންގެ ދަރަޖަވެސް ހަމަ އުފުއްލަވައި ދެއްވަވާނެތެވެ. އިންޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން