ރަސޫލް ޞޢވ, އަށް ލޯބިކުރެއްވެވުމުގެ އެންމެ ކުރީސަފުގަ ކަނބަލުން---

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރަސޫލް ޞޢވ, އަށް ލޯބިކުރެއްވެވުމުގެ އެންމެ ކުރީސަފުގަ ކަނބަލުން---

ރަސޫލް ﷺ އަށް ލޯބިކުރެއްވެވުމުގެ އެންމެ ކުރީސަފުގައި އެކަނބަލުން ތިއްބެވިކަން ސިޔަރަތުން ސާބިތުވެއެވެ. 

އުހުދު ހަނގުރާމައަށްފަހު މުސްލިމުން އެނބުރި މަދީނާއަށް ވަޑައިގަންނަވަން ފެށްޓެވުމުން އެބޭކަލުންގެ ހާލުކޮޅު ބެއްލެވުމަށް ނުކުމެވަޑައިގެންނެވި ބޭކަނބަލަކު ސުވާލު ކުރައްވަމުން ގެންދެވީ ރަސޫލް (ﷺ) ކޮބައިތޯއެވެ. އިތުރު އެކަލޭގާފު (ﷺ)ގެ ޙާލުކޮޅަކީ ކޮބައިތޯއެވެ؟ 

އެކަމަނާއަށް ފުރަތަމަ ދެންނެވުނީ ފިރިކަލުން ޝަހީދުވީ ވާހަކައެވެ. ދެން ދެންނެވުނީ ދަރިކަލުން ޝަހީދުވީ ވާހަކައެވެ. ދެން ދެންނެވުނީ ބޮޑުބޭބެ ޝަހީދުވިކަމުގެ ވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެކަމަނާ ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ކަންބޮޑުވެވަޑައިގަތީ ރަސޫލް (ﷺ)ގެ ޙާލުކޮޅާއިމެދުގައެވެ. 

އެކަމަނާއަށް ރަސޫލް (ﷺ) ފެނިވަޑައިގަންނަވަންދެން ހޯއްދެވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ރަސޫލް (ﷺ) އަށް ކަމެއް ކުރިމަތިވެވަޑައިގަތުން ނޫނީ އެއްވެސް ބޮޑު ކަމެއް ނުވެއެވެ. ދެން ހުރި ކޮންމެ ކަމަކީ ދާދި ކުޑަކުޑަ ކަމެކެވެ.  

މިއީ ޞަޙާބީން ރަސޫލް (ﷺ) އަށް ލޯބިކުރެއްވެވި މިންވަރެވެ. 

- ޝައިޚް ޢަބްދުﷲ މިފްޟާލްގެ ދަރުސަކުން

މިއަދު އޮންލައިން