ސިއްހަތު ރަނގަޅު ދަރިއަކު އުފަންވެއްޖެނަމަ އެކުއްޖާގެ އަޙްލާގުގައިހުންނަ ކުދި އުނިކަންކަމުގެ ވާހަކައަހަރުމެން ދައްކަމު ނަމަވެސް ކިތައް އާއިލާތަކަށްތޯ ނުކުޅެދުންތެރިކަންހުންނަ ނުވަތަ ކޮންމެވެސް ބައްޔެއް ތަހައްމަލުކުރަންޖެހިފައި ތިބި ދަރިންދެއްވަވަނީ؟ މިކަންކަމާއިމެދު މައިންބަފައިންގެ ޝަކުވާދުވަހަކު ނުހުއްޓެއެވެ.
މައިންބަފައިންގާތު އެމީހުންގެ ދަރިން ކިހިނެތްތޯ އަހައިފިނަމަ މިފަދަ ކުދި ޝަކުވާއޮއްސައިލާނެއެވެ ނަމަވެސް ދަރިއަކު މަރުވެގެން ދިއުމަށްފަހު އެދަރިއަކު ކިހިނެއްހެއްޔޭ އަހައިފިނަމަ އެއީ އެންމެ ރަނގަޅުދަރިފުޅޭ ބުނާނެއެވެ. އެއިރަކު އެކުއްޖާ ލަހުން ނިދާކަމުގެ ޝަކުވާއެއް، ފިލާވަޅުނުނިންމާކަމުގެ ޝަކުވާއެއް ނުކުރެއެވެ. އެހެންއެވަނީ އިންސާނާ މީހެއްގެ ނުވަތަ ކަމެއްގެ އަގު އެންމެ ފުރިހަމައަށް އަދާކުރަނީ އެކަމެއްނުވަތަ އެމީހެއް ވަކިވެގެންދިއުމުން ކަމަށްވާކަމަށްޓަކައެވެ.
މިގޮތުން ތިބާގެ ވަށައިގެންވާ ތިބާ އިހްސާސްކުރާ އަދި ފެންނަމުންދާ ﷲގެ ނިއުމަތްތަކާމެދު ތިބާޢާފިލުވެފައިވެއެވެ. އޭގެ ބަދަލުގައި އެކަންކަމުގެ އަގުވަޒަންކޮށް އެކަންކަމަށް ޝުކުރުވެރިވާށެވެ. ނުބައި ބަފަޔަކު ހުއްޓަސް އެމީހަކަށްތިބާ އޯގާތެރިވާށެވެ. އެހެނީ އެކަމުން ތިބާއަށް ޖަންނަތު ހާސިލުވުމަށް އެކަލާނގެ މަގުފަހި ކުރައްވަތެވެ. އެކަލާނގެ އެދެނީ އަހަރުމެން އެހެންމީހުންނަށްޓަކައި އަބަދުވެސް އޯގާތެރިކަންއިސްކުރުމެވެ. މި ދުނިޔޭގައި ކޮންމެފަދަގޮތަކަށްކޮންމެ މީހަކު ތިބާއަށް ކަންތައްކުރިކަމުގައި ވިއަސްވެހެވެވެ. އެގޮތުން އެކަލާނގެ އަހަރުމެންނަށް އޯގާތެރިވާކޮންމެ ފަހަރެއްމަތިން އަހަރުމެންވެސް ހަނދާންކުރާނެނޫންހެއްޔެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއްނޫނެއްނޫންތޯއެވެ. މި ސޫރަތުގައި އަލްރަހްމާން ވަކި އާޔަތެއްގެ ގޮތުގައި އައިސްފައިމިވަނީ އިންސާނުން މިކަމާމެދު މިބުނިހެން ވިސްނުވަންވެގެންނެވެ. އެކަލާނގެނިއުމަތްތަކާއި މެދު ވިސްނާފިކުރުކުރާކަމުގައިވަނީނަމަ ކިތައް ކަންތައްވޭހެއްޔެވެ. އެކަލާނގެ އޯގާތެރިކަމުން، ރައްކާތެރިކުރެއްވިކަމަށްޓަކައި، އަޅާލުންތެރިވާކަމަށްޓަކައި ހެޔޮކޮށްވާ ކިތައްކަންތައް އަހަރުމެންގެ ދިރިއުޅުމުންފެނިގެންދޭހެއްޔެވެ. ދެރައީކޮންމެވެސްކަމެއް ގޯސްވާހިނދުއެކަނި އެކަލާނގެ ހަނދުމަވާކަމެވެ. ބައެއް މީހުން މާޔޫސްކަމާއިއެކު އެމީހުނަށްދިމާވާ ވައްސަލަތައް އެދިމާވަނީ ﷲ އެމީހުނަށް ނުބައްލަވާތީކަމަށްބުނެއެވެ. ނަމަވެސް އެއީ ހަގީގަތުގައި އެކަލާނގެ ރަހުމަތް ރަނގަޅަށްނޭނގުމުގެ ސަބަބުން ކުރެވޭށަކުވާއެއްނޫންހެއްޔެވެ. އެރަހުމަތް އަންނާނެ އިރަކަށް ތިބާ އިންތިޒާރުކުރާކަށްނުޖެހެއެވެ. އެއަބަދުވެސް ތިބާއާއިއެކުވެއެވެ.
- ނޫމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ