ޢައިޝަތުގެފާނުގެ އަތްޕުޅުން އަނދިރީގައި ވެއްޓުނު ތިނޯހެއް ރަސޫލް ޞޢވ ގެ މޫނުފުޅުގެ އުޖާލާކަމުން ފެނިވަޑައިގެންނެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޢައިޝަތުގެފާނުގެ އަތްޕުޅުން އަނދިރީގައި ވެއްޓުނު ތިނޯހެއް ރަސޫލް ޞޢވ ގެ މޫނުފުޅުގެ އުޖާލާކަމުން ފެނިވަޑައިގެންނެވި!

މާތް ﷲ އުފެއްދެވި މަޚްލޫޤުން ކުރެ އެންމެ މާތް ކުރެއްވެވީ އިންސާނުންނެވެ. އިންސާނުންގެ ތެރެއިން 124،000 ބޭކަލުން މާތް ކުރެއްވެވިއެވެ. އެއިގެ ތެރެއިން 5 ބޭކަލަކު އިތުރަށް މާތް ކުރެއްވެވިއެވެ. އެއިގެ ތެރެއިންވެސް ރަސޫލް (ﷺ) އެންމެ މަތިވެރި ކުރެއްވެވިއެވެ. މިއީ އެއްވެސް މީހަކަށް ދެކޮޅު ހެދެން ހުރި ކަންކަމެއް ނޫނެވެ. 

ރަސޫލް (ﷺ) ގެ މޫނުފުޅުގެ އުޖާލާކަން ނިކަން ދެކިބަލާށެވެ! ޢައިޝަތުގެފާނުގެ އަތްޕުޅުން އަނދިރީގައި ވެއްޓުނު ތިނޯހެއް ރަސޫލް (ﷺ) ގެ މޫނުފުޅުގެ އުޖާލާކަމުން ފެނިވަޑައިގެންނެވިއެވެ. 

ޞަޙާބީންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ރޭގަނޑުގެ ހަނދަށްވުރެ އިތުރު ސާހިބާ (ﷺ) ގެ މޫނުފުޅުގެ އުޖާލާކަން މާގަދައެވެ. ވީއިރު މީހަކު ކިތަންމެވަރަކަށް މަސައްކަތްކުރި ނަމަވެސް ރަސޫލް (ﷺ) ގެ ސިފަފުޅުގެ ފުރިހަމަކަން ބަޔާންކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް މީހަކަށް އެކަމެއް ނުކުރެވޭނެއެވެ. 

އަމްރް ބުނުލްޢާޞް ރިވާ ކުރައްވަވާފައިވަނީ ރަސޫލް (ﷺ) ގެ މޫނުފުޅުގެ ފުރިހަމަކަމާއި ރިވެތިކަމާއި އުޖާލާކަމުން އިތުރުއެކަލޭގެފާނުގެ މޫނުފުޅަށް ބައްލަވަން އުނދަގޫފުޅު ކަމަށެވެ. 

މީސްތަކުންނޭވެ! ރަސޫލް (ﷺ)ގެ މޫނުފުޅުގެ އުޖާލާ ކަމާއި އެއްވަރަށް އިތުރު އެކަލޭގެފާނުގެ އަމަލުފުޅުތައްވެސް ވަނީ އުޖާލާވެގެންނެވެ. ޙަދީޘްފުޅުތައް ވެސް ވަނީ އުޖާލާވެގެންނެވެ. 

 

- އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން