މިލިޔުން ކިޔައި ޢަމަލުކޮށްފިނަމަ އެމީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މިލިޔުން ކިޔައި ޢަމަލުކޮށްފިނަމަ އެމީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިވެވޭނެ! އިން ޝާ ﷲ

ނަމާދުކުރާ ވަރަށް ގިނަ ބައެއްގެ އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭ ކަމެވެ. ވީމާ ތަންކޮޅެއް ބޮޑަށް ވިސްނާލަމާހެއްޔެވެ؟ 

ޢުޘްމާން ބިން ޢައުފް ޠާއިފުން މަދީނާއަށް ވަޑައިގެންނެވިއެވެ. ކޮޅަކަށް 6 ދުވަހުގެ ދަތުރުފުޅެއް ކުރައްވަވައިފައެވެ. ކޮން ބޭނުންފުޅަކުކަން އެނގޭ ހެއްޔެވެ؟ ނަމާދުގައި ޝައިޠާނާ އުނދަގޫކުރާތީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރައްވަވާނެ ގޮތެއް ރަސޫލް (ﷺ)ގެ އަރިއަހުން އޮޅުންފިލުއްވެވުމަށެވެ. 

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ "ވައަތްފަރާތަށް އެނބުރި ވަޑައިގެން 3 ފަހަރު (ހިކިކޮށް) ކުޅު ޖެއްސެވުމަށެވެ. 12 ދުވަހުގެ ދަތުރުފުޅެއް އެކުރެއްވެވީ މިހައި ކުރު ޖަވާބެއް ހޯއްދެވުމަށެވެ. 

އަހުރެން ކުރަން އޮތް ސުވާލަކީ ތިބާ އެންމެ ކުޑަމިނުން ނަމާދުގައި ކިޔާތަކެތި ޙަދީޘްފުޅުތަކުގައިވާ މަގުން ދަސްކޮށްފިން ހެއްޔެވެ؟ ކިޔާތަކެތީގެ މާނަ ދަސްކޮށްފިން ހެއްޔެވެ؟ ނަމާދުގައި ހުންނައިރު ޚުޝޫޢަތްތެރިވާން މަސައްކަތްކުރަން ހެއްޔެވެ؟ ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަން ހިތްމައްޗަށް ގެންނަން އެބަ މަސައްކަތްކުރަން ހެއްޔެވެ؟ މިކަންކަމަކީ ތަކްލީފް އުފުލައިގެން ދަތުރެއްކުރަންޖެހޭ ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! އަހުރެން ޤަބޫލުކުރާ ގޮތުގައި ނަމާދު ފުރިހަމަ ގޮތުގައި ކުރަން ނުއެނގޭނަމަ އެމީހާގެ ކިބައިގައި އެއްވެސް ޢިލްމެއް ނެތެވެ. މިބުނަނީ އެމީހާއަށް ފައިދާކުރާނެ ޢިލްމެއް ނެތް ވާހަކައެވެ. އެމީހާ ނަރަކައިން ސަލާމަތްކޮށްދޭނެ ޢިލްމެއް ނެތްވާހަކައެވެ. އެމީހެއްގެ ކިބައިގައި ހުރި ޢިލްމު ބޭނުންކޮށްގެން ހަނދަށް މީހުން ފޮނުވުވިއްޔާ، މާސްގައި ގެދޮރުއަޅައިގެން ދިރިއުޅުނިއްޔާ އެމީހަކީ ނަމާދު ފުރިހަމަ ގޮތުގައި ކުރަން ނުއެނގޭ މީހަކުނަމަ އެމީހަކަށް ސުވަރުގެ ވަދެވޭނެ ހެއްޔެވެ؟ 

ވީމާ އަހަރެންގެ އާދޭހަކީ ހުރިހާ ޢިލްމެއްގެ ކުރިއަށް އެންމެ ކުޑަމިނުން ނަމާދުކުރަން އެނގުމާއި ތަޖްވީދުމަގުން ޤުރްއާން ކިޔަވަން އެނގުން ގެނައުމެވެ. މަރުވުމުން ފައިދާކުރާނީ އެއިލްމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން