ދުޢާކުރާ މީހާއަށް ކޮންމެހެން އެނގެންޖެހޭނެ 4 ކަންތައް- ދުޢާގެ ޝަރުޠު ތަކާއި، އަދަބުތައް، އަދި އިޖާބަކުރެއްވުމުގެ ސަބަބުތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ދުޢާކުރާ މީހާއަށް ކޮންމެހެން އެނގެންޖެހޭނެ 4 ކަންތައް- ދުޢާގެ ޝަރުޠު ތަކާއި، އަދަބުތައް، އަދި އިޖާބަކުރެއްވުމުގެ ސަބަބުތައް

ދުޢާގެ ޝަރުޠު ތަކާއި، އަދަބުތައް، އަދި އިޖާބަކުރެއްވުމުގެ ސަބަބުތައް

1-   الله تعالي އަށް އިޚްލާޞްތެރިވުން

2-    ﷲ އަށް ޙަމްދު ޘަނާ ދެންނެވުމުން ދުޢާކުރަން ފެށުމާއި، نبي صلّى الله عليه وسلّم  ގެ މައްޗަށް صلوات ގެ ލެއްވުމަށް އެދިދެންނެވުން، އަދި ހަމަ ކަށަވަރުން ދުޢާނިންމުން

3-    ދުޢާ ކުރުމުގައި ވަކިގޮތެއް ކަނޑައެޅުމާއި، އިޖާބަކުރައްވާނޭ ކަމުގެ ޔަޤީންކަން އޮތުން

4-    ލަސްލަހުން ދުޢާ ކުރުމާއި، އަވަސްވެނުގަތުން

5-    ދުޢާކުރުމުގައި ހިތް ޙާޟިރު ކުރުން

6-    ފަހިކަމާއި، ދަތިކަމުގެ ވަގުތުތަކުގައިވެސް ދުޢާ ކުރުން

7-    ހަމައެކަނި ﷲ އަށް މެނުވީ ނުދެންނެވުން

8-    އަހުލުވެރީންނާއި، މުދަލާއި، ދަރިންނަށް، އަދި ނަފްސަށް ގޯސް ދުޢާ ނުކުރުން

9-    ފާޅުކުރުމާއި ސިއްރުކުރުމާއި ދެމެދުގެ އަޑަކުން ދުޢާކުރުން

10-   ކުށަށް އިޢްތިރާފް ވުމާއި، އެކަމުގެ ފާފަފުއްސަވައި ދެއްވުމަށް އެދި ދެންނެވުން، އަދި ނިޢްމަތްތަކަށް إعتراف ވުމާއި، އެކަންކަމުގެ މައްޗަށް ﷲ އަށް ޝުކުރުވެރިވުން

11-   ދުޢާ އިޖާބަ ކުރައްވާ ވަގުތުތައް ބަލައިގެން ދުޢާކުރުމާއި، އިޖާބަކުރައްވާނެކަމަށް ހީކުރެވޭފަދަ ޙާލަތްތަކާއި ތަންތަން ބަލައިގެން އެފުރުޞަތު ތަކުގައި ދުޢާ ކުރުމަށް އަވަސްވެގަތުން 

12-   ދުޢާ ކުރުމުގައި ، ކާފިޔާ އެކުލެވޭ (އެއްވަޒަނަކަށް ނިމިފައި ހުންނަ) ލަފްޒުތައް ބޭނުން ކުރުމުގެ ތަކްލީފް ނުއުފުލުން

13-   މަޑުމޮޅި ކަމާއި، ޚުޝޫޢަތް ތެރިކަމާއި، ޝައުޤުވެރިކަމާއި، ބިރުވެތިކަމާ އެކު ހުރުން

14-   ޞާލިޙް ޢަމަލުތައް ގިނަކުރުން، ފަހެ އެއީ ދުޢާ އިޖާބަކުރެއްވުމުގެ މަތިވެރި ސަބަބެއް ކަމުގައި ވެއެވެ.

15-   ތައުބާ ވުމާއެކު މީހުންގެ ޙައްޤުތައް ރައްދުކުރުން

16-   ތިންފަހަރު ދުޢާ ތަކުރާރު ކުރުން

17-   ޤިބްލައަށް ކުރިމަތިލުން

18-   ދުޢާ ކުރުމުގައި ދެއަތް އުފުލުން

19-   ފަސޭހަކަމަކަށްވާނަމަ ދުޢާ ކުރުމުގެ ކުރިން ވުޟޫ ކުރުން

20-   ދުޢާ ކުރުމުގައި ޢަދާވާތްތެރި ނުވުން

21-   ދުޢާ ކުރާމީހާ އެހެންމީހަކަށް ދުޢާކުރާނަމަ، އޭގެ ކުރިން އެމީހެއްގެ އަމިއްލަ ނަފްސަށް ދުޢާކުރުން

22-   الله تعالى ގެ ރިވެތި ނަންފުޅުތަކާއި ސިފަފުޅުތަކުން އެކަލާނގެ حضرة އަށް އާދޭސް ދެންނެވުން، ނުވަތަ އެމީހަކަށް ކުރެވުނު ޞާލިޙް ޢަމަލެއްގެ ވާހަކައިން ދެންނެވުން. ނުވަތަ ޞޯލިހު އަޅަކުލައްވާ އެމީހަކަށް ދުޢާކުރުވުން.

23-   فرض ނަމާދުތައް ކުރަމުން، ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމާއި އެކު ﷲ އަށް ކުއްތަންވެ ގަތުން، މިއީ ދުޢާ އިޖާބަކުރެއްވުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

24-   އެމީހެއްގެ ކާބޯތަކެއްޗާއި ފޭރާމަކީ، ހަލާލު ތަކެތި ކަމުގައި ވުން

25-   ފާފައަކަށް، ނުވަތަ ތިމާގެ ކަމުގެ ގުޅުން ކެނޑުއްވުމަށް އެދި ދުޢާ ނުކުރުން

26-   އެމީހެއްގެ مؤمن އަޚުންނަށް ދުޢާ ކުރުން، ޚާއްޞަ ގޮތެއްގައި މައިންބަފައިންނާއި، ޢިލްމުވެރިންނާއި، ޞާލިޙުންނާއި، އަޅުވެރިންނަށް ހެޔޮދުޢާ ކުރުން، އަދިވެސް ޚާއްޞަ ކޮށް މުސްލިމުންގެ ކަންތައްތައް ބަލަހައްޓަން ތިބޭ ޝަރުޢީ ވެރިންނަށް (ޚަލީފާ އަށާއި އަމީރުންނަށް) ދުޢާ ކުރުން، އަދި މުސްލިމުންގެ ތެރެއިން (އަދަބު ދިނުމުގެ ސަބަބުން) ބަލިކަށި ވެފައިތިބި މީހުންނަށާއި އަނިޔާ ލިބިފައިވާ މީހުންނަށްވެސް ދުޢާކުރުން

27-   ކޮންމެ ކުޑަކަމަކާއި ބޮޑުކަމަކަށްވެސް ﷲ އަށް ދެންނެވުން

28-   ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީ ކުރުން

29-   އެންމެހައި ފާފަތަކާއި އުރެދުންތަކުން ދުރުހެލިވުން

          

ޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ލިޔުއްވުމަކުން

މިއަދު އޮންލައިން