އަމިއްލައަށް ދަރިންނަށް ކިޔަވައިދީފިނަމަ 2 ޘަވާބު- ދޫކޮށްލަން ހެޔޮވާނެ ފުރުޞަތެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އަމިއްލައަށް ދަރިންނަށް ކިޔަވައިދީފިނަމަ 2 ޘަވާބު- ދޫކޮށްލަން ހެޔޮވާނެ ފުރުޞަތެއް ނޫން!

ދަރިންނަށް ދީނީ ތައުލީމު ދިނުމަށާއި ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކޮށްދޭން ގިނަ ބައަކު މަސައްކަތްކުރެއެވެ. އަދި އަމިއްލައަށް ދީނުގެ ކަންކަން އެނގޭ މިންވަރަކުން ދަރިންނަށް ދަސްކޮށްދޭންވެސް މަސައްކަތްކުރެއެވެ. މިއީ ވަރަށް ރަނގަޅު ކަމެކެވެ. ވަރަށް ފައިދާވެސް ހުރިކަމެކެވެ. 

އެނގޭ ހެއްޔެވެ؟ އަމިއްލައަށް ދަރިންނަށް ކިޔަވައި ދިނުމުން، އެނގޭ ކަންކަން ދަސްކޮށްދިނުމަކީ 2 ސަވާބު ލިބޭނެ ކަމެކެވެ. އެއް ގޮތަކީ އުނގަންނައިދީނުމުގެ ޘަވާބެވެ. ދެވަނަ ގޮތަކީ ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ޘަވާބެވެ. 

ހިތާމައަކީ ބައެއް ބެލެނިވެރިންގެ ކިައިގައި ތަނަވަސްކަން ހުރުމުން އަމިއްލައަށް އުނގަންނައިނުދީ އަގުދީފައި އެހެން މީހުންނާއި ދަރިންގެ ކިޔެވުމުގެ ހުރިހާ ކަންކަން ޙަވާލުކުރާކަމެވެ. ދަރިންގެ ކިޔެވުމަށް ޚަރަދުކުރުމަކީވެސް އަޅުކަމެކެވެ. ނަމަވެސް ޤުރްއާނާއި ދީނީ ޢިލްމް އަމިއްލައަށް އުނގަންނަވައިދެވޭނެ ބެލެނިވެރިން އަމިއްލައަށް އެކަން ކުރުމުން ލިބޭނެ ޘަވާބު މާބޮޑުވާނެއެވެ! 

އުންމީދުކުރަނީ މިދިން ނަޞޭޙަތް އަޑުއަހައި ޢަމަލުކުރާނެ ކަމަށެވެ.

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން