މިހާރަކަށް އައިސް ޢާންމުވެގެން މިއުޅޭ ބައެއް ފަލްސަފާތަކުގެ ސަބަބުން ކަންކަމާއި ގުޅިގެން ޙައްޤު ބަސް ވިދާޅުވަން ދީނީ ބައެއް ޢިލްމުވެރިން ފަސްޖެހިވަޑައިގަންނަވައެވެ. އެއީ ޙައްްުބަސްވިދާޅުވުމުން އެކަން ޤަބޫނުކުރާ މީހުން ގިނަވެ އެމީހުން ކުރާ މަލާމާތާއި ފުރައްސާރައަށް ކެތް ނުކުރެއްވޭތީ ނުވަތަ އެކަންކަމަށް ކުރިމaތިލައްވަން ބޭނުންފުޅުނުވާތީ ކަމަށްވެސް ވެދާނެއެވެ.
ﷲ ތަޢާލާގެ ވާގިފުޅާއިއެކު ސައިންސްވެރިންނަށް ގިނަ ބަލިތަކަކާއި ބަލިތަކުގެ ފަރުވާވެސް ހޯދިއްޖެ އެވެ. އަދި ފަރުވާކުރާނެ މޮޅު ވަސީލަތްތައް އީޖާދުކުރެވިއްޖެއެވެ. ޑޮކްޓަރުން ފަރުވާކުރުމުގައި ކުރިއަރައި ހިނގައްޖެއެވެ.
ނަމަވެސް އަބަދުވެސް އުޅެން މިޖެހެނީ ކޮންމެވެސް ނުރައްކާތެރި ބައްޔެއް ފެތުރޭތީއެވެ. ގޮތް ނޭނގޭ ބައްޔެއް ފެނިގެންނެވެ. މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ. މިއީ ﷲ ތަޢާލާ ދެއްވަވާ ވަރުގަދަ އިންޒާރުތަކެއްކަން ޤަބޫލުކުރަން އެބަޖެހެއެވެ. ކުރެވޭ ފާތަކާއިމެދު ފުންކޮށް ވިސްނަން އެބަޖެހެއެވެ.
އެންމެ ގިނަ ބައަކު މިހާރު ކުރާ އެއް ފާފައަކީ ފާފަވެރިވާގޮތަށް ޖިންސީގުޅުން ހިންގުމުގެ ފާފައެވެ. ދުވަހެއް ދުވަހަކަށް ދަނީ އިތުރު ގޮތްތައް ހޯދައި ފާފަކުރުން ގިނަކުރަމުންނެވެ. އެހެންކަމުން މިކަމުގެ ވާހަކަދައްކަން އެބަޖެހެއެވެ.
ޝައިޚް ހަމްޒާ ޔޫސުފް ވިދާޅުވެފައިވާ މި (ތިރީގައިވާ) ބަސްފުޅުތަކުގެ ހަނދާން އައުކޮށްލަމާތޯއެވެ؟
ޖިންސީ ގުޅުން ހިންގަންވީ ގޮތް އިސްލާމް ދީނުގައި ވަރަށް ސާފެވެ. އަދި ޖުމުލަކޮށް ބުނާނަމަ ހުރިހާ ދީނެއްގައި ވެސް ޖިންސީ ގުޅުން ހިންގަން އޮތީ އަންހެނަކާއި ފިރިހެނަކު ކައިވެނިކޮށްގެންނެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ހުއްދަކުރާ ދީނެއް ނެތެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރާ ދީނެއްވެސް ނެތެވެ. އެކަންކަން ހުއްދަކުރާމީހަކު އެކަންކަން ހުއްދަކުރަނީ ދީނުން ބޭރުންނެވެ.
ދީނުގައި ނެތް ގޮތަށް ޖިންސީ ގުޅުން ހިނަގުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ނުރައްކައުތެރި ބަލިތައް މިވަނީ ފެތުރިފައެވެ. މިހާރުވެސް ދަނީ ފެތުރެމުންނެވެ. ހިތާމައަކީ އެކަމުގެ ވާހަކަ ދައްކާ މީހުން މިއަދު މަދުކަމެވެ. ޙައްޤު ގޮތް ބުނެދޭން މަސައްކަތްކުރާ ޖަމާއަތްތައްވެސް މަދުކަމެވެ.
އެޗްއައިވީގެ އެންމެ ނުރައްކައުތެރި ބާވަތްތައް ޖެހެމުންދަނީ ޖިންސީ ގުޅުމުގެ ސަބަބުންނެވެ. އެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެކަމުގެ ނުރައްކަލުގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޖަމާއަތްތަކުން ބުނަނީ ވެކްސިން ޖެހުމަށެވެ. ބަލިވީމާ ބޭސްކުރުމަށެވެ. އެކަން ނުކުރަން ބުނާކަށް ނުކެރެއެވެ. މިކމުގައި އެންމެ ބޮޑަށް ފޭލްވެފައިވަނީ އދ އެވެ. ޑަބްލިޔޫއެޗްއޯއެވެ!
އިންސާނުން މިހައި ދަށުދަރަޖައަކަށް ވެއްޓެން ހެޔޮވެދާނެ ހެއްޔެވެ؟ ވަލުޖަނަވާރުތަކަށް ބެލި ނަމަވެސް އެތ އެއްޗެތިވެސް އެއްޖިންސުން ގުޅުން ހިންގުމަކީ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އިންސާނުން މިއަދު މިވަނީ މިކަމުގައި މިވަނީ ވަލުޖަނަވާރުންނަށްވުރެވެސް މާދަށުދަރަޖައެއްގައެވެ. އެއްޖިންސުން ގުޅުން ހިންގައި އެއްޖިންސުން ކައިވެނިވެސް ކުރަމުން ގެންދަނީ ލަދެއް ހަޔާތެއް ނެތިއެވެ.
އެއްޖިންސުން ގުޅުން ހިނަގުމަކީ ޞިއްހީ ގޮތުން ނޮޑެތި މައްސަލަތައް ކުރިމަތި ނުވާ ކަމެއްކަމަށް ބުނާނެ އެންމެ ޑޮކްޓަރަކުވެސް ހުރެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ހުރި ޞިއްޙީ ގެއްލުންތައް އެއީ ކަނޑައެޅިގެން ސާބިތު ކަންކަން ކަމުގައިވާތީއެވެ.
ދާދިފަހުން އެމެރިކާގެ އެއްޖިންސުން ގުޅުން ހިންގާ ކޮމިޔުނިޓީގެ ތެރެއިން ފެނިފައިވާ "މެނިންޖައިޓިސް"ގެ އެންމެ ނުރައްކާތެރިބާވަތް ފެނުނުމުން ވެސް އެއީ އެތައް ބައަކު މަރުވެގެން ހިނގައިދާނެ ބައްޔެއް ކަމުގައިވާއިރުވެސް ޑޮކްޓަރުން މިތީ އެކަންކަމުގެ ވާހަކަ ދައްކަން ފަސްޖެހިފައެވެ. މިފަދަ ނުރައްކައުތެރި ބަލިތަކާއިމެދު ރައްޔިތުން ހޭލުންތެރި ނުކުރެވޭނަމަ ޑޮކްޓަރުންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޑޮކްޓަރުންގެ މަސްއޫލިއްޔަތު އަދާކުރެވޭ ހެއްޔެވެ؟
މީސްތަކުންނޭވެ! އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ ޒަވާޖީ ހަޔާތުގެ ގުޅުމެވެ. މިއީ އެއްވެސް މީހަކަށް ދެބަސް ވެވެން އޮތްކަމެއް ނޫނެވެ. ބޭނުންވާ އުފާވެރިކަން ޒަވާޖީ ޙަޔާތުގެ ތެރެއިން ލިބިގްނަނާށެވެ!