ނުކުޅެދުންތެރިކަން އެންމެ ބޮޑު މީހާ އާ އެންމެ ދަހިވެތި މީހާ- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނުކުޅެދުންތެރިކަން އެންމެ ބޮޑު މީހާ އާ އެންމެ ދަހިވެތި މީހާ- ޙަދީޘުން

އަހަރެމެން މީހުންގެ ސިފައަށް ނުވަތަ ޙާލަތަށް ފާޑުކިޔައި އުޅެނީ ބޭރުފުށުން ފެންނަ ކަންކަމަށް ބަލައިގެންނެވެ. ނަމަވެސް މިއީ އެހައި ފަސޭހައިން ގޮތް ނިންމައިލެވެން އޮތްކަމެއް ނޫނެވެ. މިބަޔާންކުރާ ޙަދީޘްފުޅަށް ނިކަން ވިސްނާލަބަލާށެވެ! 

"أعْجَزُ النَّاسِ مَنْ عَجَزَ عَنِ الدُّعَاءِ ، وَأضبْخَلُ النَّاسِ مَنْ بَخِلَ بِا السَّلاَمِ     

"މީސްތަކުންގެ ތެރެއިން އެންމެ ނުކުޅެދުންތެރި މީހަކީ، ދުޢާ ކުރުމަށް ނުކުޅެދުންތެރިވެއްޖެ މީހެކެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ދަހިވެތިމީހަކީ، ސަލާމް ކުރުމަށް ދަހިވެތި ވެއްޖެ މީހެކެވެ." 

ދުޢާ ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވެވުމުންނެވެ. މިންވަރުކުރެއްވެވުމުންނެވެ. ދުޢާ ކުރުމަކީ އެއްވެސް ޛަރަދެއްކުރަންޖެހޭ ކަމެއް ނޫނެވެ. އަދި ތަކްލީފެއްވެސް އުފުލަންޖެހޭ ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު ވަނީ ދުޢާކުރަން ނުކުޅެދިފައެވެ. ގިނަބައަކު އެކަމަށް ފަރުވާކުޑަކުރެއެވެ. އެފަދަ މީހުން ވެގެން އެދަނީ އެންމެ ބޮޑެތި ނުކުޅެދުންތެރިންނަށެވެ. 

ދެން މިއޮތީ ސަލާމްކުރުމެވެ. އެއީވެސް ނުހަނު ސަސޭހައިން ކުރެވެން އޮތް ކަމެކެވެ. ބައްދަލުވުމުން "އައްސަލާމް ޢަލައިކުމް" ބުނެލުމުން އެއޮތީ ސަލާމް ކުރެވިފައެވެ. ދެން ނިކަން ބުނެބަލާށެވެ. ބައްދަލުވާ މީހުންގެ ތެރެއިން ތިބާއަށް ސަލާމްކުރެވެނި ކިތައް މީހުންނާއި ހެއްޔެވެ؟ ސަލާމް ނުކުރުމުން ތިބާ އެބަދަލުވަނީ އެންމެ ދަހިކަންބޮޑު މީހަކަށެވެ. 

ފަހަރެއްގައި މިކަންކަމަށް ސަމާލުކަން ނުދެވެނީ އެކަންކަމުގެ މުހިންމުކަން ނުއެނގޭތީކަމަށްވެދާނެއެވެ. ވީމާ އަވަހަށް ކަންކަން އިޞްލާޙްކޮށްލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން