ދެން ކިޔައިދޭން މިއުޅެނީ މިސޫރަތާއިމެދުވާ އެންމެ ރީތި އާދަޔާ ހިލާފުކަމުގެ ވާހަކައެވެ.
މި ސޫރަތުގެ އެންމެ ފަހު އާޔަތުގެ ވާހަކައިނގޭތޯއެވެ. މިއާޔަތުގައިވާ "ޒަލް ޖަލާލް" މާނައީ އިއްޒަތް، މިފަދައިން އެކަލާނގެއަށް މެނުވީނިސްބަތްވެގެންނުވެއެވެ. ޖައްލަ މިބަސް، އެކަލާނގެއަށް ނޫން އެހެން އެއްވެސް ފަރާތަކަށްނިސްބަތްވެގެންނުވެއެވެ. އެގޮތުން މިފަހު އާޔަތުގައި އެކަލާނގެ އެވަޙީކުރައްވަނީ އެކަލާނގެ ނަންފުޅު ބަރަކާތުންފުރިގެންވާކަމެވެ.
އެހެންކަމުން "ބަރަކާތް" މިބަހާއިމެދު އިތުރަށްވިސްނާލަމާތޯއެވެ. މިތާނގައި އެކަލާނގެ އެނިސްބަތްކުރަނީ އެކަލާނގެ ނަންފުޅުތަކުގެ ތެރެއިން މި ސޫރަތްފެށުމަށްއެކަލާނގެ ބޭނުންކުރެއްވެވި ނަންފުޅަށެވެ. އެހެންކަމުން މިސޫރަތްނިންމުމަށް އެކަލާނގެއެބޭނުންކުރައްވަނީ އަނެއްކާވެސް އެސޫރަތުގެ ފެށުމުގައި ﷲ ބޭނުންކުރެއްވިނަންފުޅު ރަހްމާންއެވެ. ރަހްމާންމިނަންފުޅު ވަނީ ބަރަކާތުންފުރިގެންކަން އެއަނގަވަނީ ސޫރަތުގެ ނިމުމުގައިއެވެ. ބަރަކާތް މިލަފުޒުގެ ފުރަތަމަ މާނައަކީ ގިނަވުން، ހެދިބޮޑުވަމުންދިއުން، ނިމުމެއްނެތި އިތުރުވުން މިއެވެ. ތިބާކުރި އުއްމީދަކަށްވުރެ ފުރިހަމައަށް ކަމެއްވެނިމުމެވެ.
އޮށަކުން ފަޅާނެކަމަށް އަހަރުމެން އުއްމީދުކުރަނީ އެއްމެ ގަހެކެވެ. ނަމަވެސް ބަރަކާތް އޭގައިވެއްޖެ ނަމަ އޭގެން ދެތިންގަސްފަޅާ، އަހަރުމެން އުއްމީދުކުރިވަރަށްވުރެ ގިނައިން އަހަރުމެނަށްދެއްވަވަތެވެ. ބަރަކާ މިލަފްޒު ދެން އަރަބި ބަހުގައި ބޭނުންކޮށްއުޅެނީ ޖަމަލު އޭތީގެ ސާހިބަށްކިޔަމަންގަތުމަށް އޭނާސަވާރުވާން އުޅޭހިނދު ބިންމަތީ ބަނޑުޖަހާޖެހުމަށެވެ. އެޖަމަލު އެފަދައިން ބަނޑުޖަހައި ސާހިބަށްއެރެންދެން ނުގުޑިއޮވެއެވެ. އެއީ ކިހާހެޔޮކޮށްވާކަމެއްހެއްޔެވެ. ސަބަބކީ އާންމު އުސޫލަކީ މައްޗަށްހެދިބޮޑުވެގެންދާ އެއްޗެއް ނިކަންބާރަށް، އަވަހަށްވެއްޓިގެންދާކަމެވެ. އަހަރުމެންގެ ދަރިންކުޅޭ ލެގޯވެސް މައްޗައްނެގިނެގިހެން އޭގެ ބެލެންސްވުމުގެ ބާރުކެނޑި ބިމާހަމަވޭނޫންހެއްޔެވެ. އަހަރުމެންގެ ގައުމުގަކުގެ އިގްތިސާދައްވެސް ވަނީ މިކަހަލަގޮތެއްނޫންހެއްޔެވެ.
މި އާޔަތުގައި މިވާބަރާކަތުން ދޭހަމިވަނީ މިގޮތެއްނޫނެވެ. އެބުނެދެނީ އިތުރުވާކަން،ގިނަވާކަން އަދި އެކަން ނެތިގެންނުދާކަން، އެއަހަރުމެނާއިއެކު އަބަދުވެސްވާނޭކަމެވެ. އެހެންކަމުން ބަރަކާތުންފުރިގެންވާ ﷲގެ މިނަންފުޅު އަލްރަހްމާން ބޭނުންކުރުމުން އަހަރުމެންނަށްލިބޭނެ ފައިދާއަކީ އެނަމުން ފަށާކަމެއްގައި އަހަރުމެންނަށް ގިނަވެއިތުރުކޮށް ދެއްވާނޭކަމެވެ. އަދި އެގިނަވުން އަހަރުމެންގެ އުއްމީދަށްވުރެ އިތުރުވެދާނެކަމެ، ގެއްލިގެންނުދާނޭކަމެވެ. މިއާޔަތުގެ ސަބަބުން ކޮންމެމުސްލިމަކުވެސް ޕޮސިޓިޕްކޮށްވިސްނަން މަގުފަހިކޮށްދީބާރުއަޅައިދޭނޫންހެއްޔެވެ. އެއްވެސް ކަމަކާއިމެދު ހެޔޮގޮތެއްމެދުވެރިނުވާނެކަމަށް ވިސްނުމުގެ އެއްވެސް ޖާގައެއް މުޢުމިނުއަޅާއަކަށްނުލިބޭނޫންހެއްޔެވެ.
މިސާލަކަށް ގުރުޢާން މުދައްރިސަކު އޭނަގެއަމިއްލަ މަދަރުސާއެއް ހުޅުވައިގެން ހަމަ އެންމެ ދަރިވަރެއްއޭނާކައިރިއަށް އެދުރުވާންވެސް އަތުވެދާނެއެވެ. އެވަގުތު އޭނާހިތަށް އަސްލު ނުތަނަވަސް އެތައްހިޔާލެއްވެރިވެ އެހާލަތާމެދު ގޯސްކޮށްވިސްނަންފަށައެވެ. ނަމަވެސް ހަގީގަތަކީ އެމަދަރުސާގައި ކުދިން ގިނަވުން އެއީ އަދި އެކަމަށްވާ ބަރަކާތެއްކަމު ނުވެދާނެކަމެވެ. އަދަދު އެއީ ލޮލަށްފެންނަ ފެނުމެކެވެ. އެއްކަލަ އެއްކުއްޖާއަށް އެމުދައްރިސު އުނގަންނައިދޭ އުނގަންނައިދިނުމުން އެދުރުވެ އެކުއްޖާ ދާޢީއަކަށްވެއްޖެނަމަ ބަރަކާތަކީ އެއީނޫންހެއްޔެވެ. އޭރުންމެދުކެނޑުމެއްނެތި އިތުރުވެގެން އެދަނީ އުއްމީދުކުރިވަރަށްވުރެ މާގިނައިންނެވެ.
ބިސްމިﷲ އާއިއެކު (އޭގައި އައްރަހްމާންވޭ) ފަށާކޮންމެކަމަކުން އެކަމެއްގައިވާ ބަރަކާތް އެކަލާނގެ އިތުރުކޮށްދެއްވައެވެ. އަދި ގިނަކޮށްދެއްވައި ނިމުމެއްނެތި
ދަންމަވައިދެއްވާނެތެވެ.
އަޅުގަނޑުގެ ހަޔާތުގައި ހިނގިކަމެއް ހިއްސާކޮށްލާނަމެވެ. ގުރުޢާން އުގެނެންފެށިއިރު ފުރަތަމަ އަހަރެން އެއުގެނުނީ އިނގިރޭސިބަހުންނެވެ. ނަމަވެސް އާއްމުކޮށް ބޭނުންކުރާ އިނގިރޭސިބަހަށްވުރެ އުނދަގުކޮށްވާ ގޮތަކަ ށެވެ. ކުލާހުގައި ފުރަތަމަ ތިބީ 10ކުދިންނެވެ. ނަމަވެސް ދުވަހަކަށްވުރެދުވަހަކު ކުދިން މަދުވަމުންގޮސް، އެންމެފަހުން ތިންކުދިންނަށްވުމުން މުދައްރިސު ބުނިއެއްޗެއް އެނގޭހެއްޔެވެ. "ކުދިންއަބަދުވެސް އައިސްގޮސްވާނެއެވެ ތިޔަކުދިންއުނގެނެން ބޭނުންނަމަ ހަމަ އެއްމެކުއްޖަކު ކަމުވިއަސް މުދައްރިސު ތައްޔާރެވެ. އަހަރެންމިކަން މިކުރަނީ ﷲއަށްޓަކައިކަމުން އަހަރެންނަށްއެކަކުވެސް ފުދެއެވެ."
ހަގީގަތަކީ އެމުދައްރިސު އެކަލާނގެ ބަރަކާތް ގަބޫލުކުރާކަމެވެ. މުދައްރިސު އެހެންބުނުމުން އަހަރެން ހިތަށްއައީ އެންމެ ތިން ހަފުތާތެރޭ އަހަރެން އެފިލާވަޅުތައް ދަސްކުރާނެގޮތަކާއިމެދުއެވެ. އަހަރެންއަތަކު މިސްރަށް ނުވަތަ ޕާކިސްތާނަށްގޮސް އެއްއަހަރު ދެއަހަރުވަންދެއްހުރެ މި އިލްމް ހާސިލުކުރާނޭފ ައިސާއެއްނެތެވެ. ނަމަވެސް އެކަލާނގެ ބަރަކާތް އަގުނުކުރެވެއެވެ. އަހަރެންނަށް އިލްމްދަސްވެ އަހަރެން އުންގަންނައިދިން ކުދިންގެ އަދަދުވެސް 70.000އަށްވުރެ މައްޗެވެ. އަރަބި ކުލާސްއެކަނިވެސް 20.000ހަމަވެއެވެ. އެއީ އެކަލާނގެ ބަރަކާތެވެ. އެއީ އަހަރެންގެ މޮޅުކަމަކުންނޫނެ، އޭގައި މާތްރަސްކަލާނގެ ބަރަކާތްލެއްވުމުންނެ،އެކަލާންގެ ބަރަކާތުންފެށުމުން ތިބާ ހީވެސްނުކުރާގޮތްގޮތަށް އެކަލާނގެ ބަރަކާތް ތިބާއަށްއޮއްސަވަތެވެ.
- ނޫމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ