ވަޒީފާގަ އުޅޭތީވެ، އޮފީހުގަ ނަމާދުކުރުމަށް ވުޞޫ ކުރާއިރު ހެދުމުގެ އަތް މައްޗަށް ނުނެގޭތީވެ ހެދުން މަތިން އަތަށް ފެންލިއަސް ރަގަޅު ވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ވަޒީފާގަ އުޅޭތީވެ، އޮފީހުގަ ނަމާދުކުރުމަށް ވުޞޫ ކުރާއިރު ހެދުމުގެ އަތް މައްޗަށް ނުނެގޭތީވެ ހެދުން މަތިން އަތަށް ފެންލިއަސް ރަގަޅު ވާނެތޯ؟

ވަޒީފާގަ އުޅޭތީވެ، އޮފީހުގަ ނަމާދުކުރުމަށް ވުޞޫ ކުރާއިރު ހެދުމުގެ އަތް މައްޗަށް ނުނެގޭތީވެ ހެދުން މަތިން އަތަށް ފެންލިއަސް ރަގަޅު ވާނެތޯ؟

ޝައިޚް ޝާފިޢުގެ ޖަވާބު:

ވުޟޫކުރުމުގައި ދެއަތަކީ ދޮންނަ ގުނަވަނެކެވެ. ވުޟޫގައި ލުއިފަސޭހަކަން ލިބިފައި ވަނީ ފުހޭ ގުނަވަންތަކަށެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޢަމަލުކުރައްވާފައި ވަނީ އެފަދައިންނެވެ.

އެކަމުގެ ދަލީލަކީ މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ.

والنبي صلى الله عليه وسلم لما توضأ مرة في غزوة تبوك َذَهَبَ يَغْسِلُ ذِرَاعَيْهِ فَضَاقَ عَلَيْهِ كُمُّ الْجُبَّةِ فَأَخْرَجَهُمَا مِنْ تَحْتِ جُبَّتِهِ فَغَسَلَهُمَا ثُمَّ مَسَحَ عَلَى خُفَّيْهِ. والحديث في الصحيحين. [ مسلم 274e وبخاري 4421

މާނައީ: "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައިގެ ދުވަހުގައި ވުޟޫކުރެއްވުމަށްޓަކައި ދެއަތްޕުޅު ދޮންނަވަން އުޅުއްވަނިކޮށް ޖުއްބާގެ އަތް ބާރުވުމުގެ ސަބަބުން (ޖުއްބާގެ އަތް މައްޗަށް ނުނެންގެވިގެން) ދެއަތްޕުޅު ނުދޮވެވިގެން، ޖުއްބާގެ ދަށުން ދެއަތްޕުޅު ނެރުއްވާފައި ދެއަތްޕުޅު ދޮންނެވިއެވެ. އޭގެފަހުގައި އެކަލޭގެ ފާނުގެ ދެޚުއްފުގައި ފެން ފުއްސެވިއެވެ.

--الشيخ محمد شافع

ސުވާލު: ހާލަތުގެ ގޮތުން ބުރުގާ އެއީ ޚުއްފެއްކަމުގަ ބަލާ ބުރުގާ ނުބާލާ ވުޟޫ ކުރެވިދާނެތޯ؟

ޖަވާބު: އަންހެނުން އަޅާ ބުރުގާ ދަންނައެވެ. އެއީ އެކަނބަލުން ބޯ ނިވާކުރުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ. އައުލާވެގެންވަނީ ބުރުގާމަތީގައި ފެން ނުފޮހުމެވެ. އެ ބޭލުމުގައި އުނދަގޫކަމެއް ހުރިނަމަ މެނުވީއެވެ. ނުވަތަ ބޮލުގައި ބައްޔެއްހުރުމުގެ ސަބަބުން ނުވަތަ އެފަދަ ކަމެއްގެ ސަބަބުން މެނުވީއެވެ.

ބޮލުގައި ހީނާ ނުވަތަ އެފަދަ އެއްޗެއް އިސްތިޢުމާލުކޮށްފައި ހުރިނަމަވެސް އޭގެމަތީގައި ފުހުން ހުއްދައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވި ގޮތުގެ ސަބަބުންނެވެ. ޢާއްމު ގޮތެއްގައި ބަލާއިރު، ބޮލުގެ ޠާހިރުކަމުގައި މިއުންމަތަށް ކޮންމެވެސްވަރެއްގެ ފަސޭހަކަމަކާއި ލުއިކަމެއް ލިބިގެންވެއެވެ

الشيخ محمد شافع

 

މިއަދު އޮންލައިން