ދުވަސްފަށަން ކުރަން އޮތް އެންމެ ހެޔޮ ޛިކުރް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދުވަސްފަށަން ކުރަން އޮތް އެންމެ ހެޔޮ ޛިކުރް: މުފްތީ މެންކް

ކޮންމެ ދުވަހެއް ފަށަން އޮތީ ފަތިސްނަމާދުންނެވެ. އެއަށްފަހު ﷲ ތަޢާލާއަށް ޛިކުރު ކުރުމުންނެވެ. އެގޮތުން ކުރަންހުރި ޛިކުރްތައް ވަރަށް ގިނައެވެ. ފަތިސްނަމާދުކުރުމާއި އިރުއެރުމާއި ދެމެދު އެލިބޭ ވަގުތުކޮޅުގައި ހުރިހާ ޛިކުރު ނުވެސް ކުރެވޭނެއެވެ. 

އެހެންވެ ކުރަން އޮތް އޮތް އެންމެ ރަނގަޅު ޛިކުރަކީ ކޮބައިކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ. އަހަރެން ގޮންޖަހައި ބުނަމެވެ. ޛިކުރްތަކުގެ ތެރެއިން އެންމެ މަތިވެރި ޛިކުރަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ކީރިތި ޤުރްއާން ކިޔެވުމަށްވުރެ މަތިވެރި ޛިކުރެއް ނުވެއެވެ. 

ޛިކުރުކުރަން ފަށަމުން ނަމަވެސް ނިންމައިލަމުން ނަމަވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވަން އާދަކުރާށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އެކަން އާދަކުރާށެވެ. މިހައިތަނަށް އަހުރެންނާއި ބައްދަލުވި މީހުންގެ ތެރެއިން އެކަންކުރާ މީހުންގެ ދިރިއުޅުމަށްވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ނުލިބޭ ހަމަ އެންމެ މީހަކާއިވެސް ބައްދަލުވެފައެއް ނެތެވެ. 

އަހުރެން މިބުނަނީ ފޮތެއް ނުވަތަ ޞަފްޙާތަކެއް ކިޔެވުމަކަށްވެސް ނޫނެވެ. އެންމެ 5 މިނިޓް ނުވަތަ 10 ވަރަކަށް މިނޓް ވަންދެން ކިޔަވައިލުމަށެވެ. އެކަންކުރަންފެށުމުން އެއީ ކުރާހިތްވާ ކަމަކަށްވެސްވާނެއެވެ. އިން ޝާ ﷲ 

ވީމާ ދުވަސް ފަށަން ކުރަން އޮތް އެންމެ ހެޔޮ ޛިކުރަކީ ކީރިތި ޤުރްއާން ކަމުގައި ހަދާށެވެ. އެކަމުން ލިބެން އޮތް ބޮޑު މަންފާ ލިބިގަންނަން މަސައްކަތްކުރާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން