ކިތަންމެ މަދުބައަކު މަޖިލިސް ކުރިނަމަވެސް އެމަޖިލީހުގައި ﷲ ތަޢާލާއަށް ޛިކުރު ނުކޮށްފިނަމަ އާއި
ގެއްިން ނުކުމެގެން ކޮންމެ ތަނަކަށް ދިއަނަމަވެސް އެދިއުމުގައި ﷲ ތަޢާލާއަށް ޛިކުރު ނުކޮށްފިނަމަ އާއި
ނިދުމުގެކުރިން ﷲ ތަޢާލާއަށް ޛިކުރު ނުކޮށްފިނަމަ އާއި
އަދި ﷲ ތަޢާލާއަށް ޛިކުރުނުކޮށް ގަޑިއެއްގެއިރު ފާއިތުވެގެން ހިނގައްޖެނަމަ އެކަމާއި ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމާއި އެކަމާއި އެމީހަކު ނުވަތަ އެބައަކު ހިތާމަކުރަންޖެހޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ނިކަން ބުނެބަލާށެވެ. ތިބާއަށް މިކަންކަމަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ މިކަންކަމަށް ﷲ ތަޢާލާ ތިބާ އާއި ސުވާލުކުރައްވަވާނެތެވެ. ޖަވާބު ދެވޭނީ ޢަމަލުކޮށްފައިވާނަމައެވެ. ޖަވާބު ނުދެވިއްޖެނަމަ ހިތާމަކުރަންޖެހޭނެއެވެ.
ވިސްނަން އޮތް ކަމަކީ ވީހާގިނައިން ﷲ ތަޢާލާއަށް ޛިކުރުކުރުމުގެ މުހިންމުކަމެވެ. ﷲ ތަޢާލާއަށް ޛިކުރުނުކޮށް ގިނަ ވަގުތުތައް ހޭދަނުކުރުމުގެ މުހިންމުކަމެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން