ދުޢާއަކީ ދިވެހި ޤައުމީޓީމަށް ފުރިހަމަ ކާމިޔާބީ ލިބުން! މުންކަރާތްތައް ޢާންމުކުރަން އުޅޭ މީހުންނަށް ހެޔޮ ވިސްނުންދެއްވަވައި އެކަމުން ދުރުހެލިކޮށްދެއްވެވުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދުޢާއަކީ ދިވެހި ޤައުމީޓީމަށް ފުރިހަމަ ކާމިޔާބީ ލިބުން! މުންކަރާތްތައް ޢާންމުކުރަން އުޅޭ މީހުންނަށް ހެޔޮ ވިސްނުންދެއްވަވައި އެކަމުން ދުރުހެލިކޮށްދެއްވެވުން!: ޑރ. އިޔާޟް

"ދުޢާއަކީ ދިވެހި ޤައުމީޓީމަށް ފުރިހަމަ ކާމިޔާބީ ލިބުމެވެ! އަދި މުންކަރާތްތައް ޢާންމުކުރަން އުޅޭ މީހުންނަށް ހެޔޮ ވިސްނުން ދެއްވަވައި އެކަމުން ދުރުހެލިކޮށްދެއްވެވުމެވެ." 

- ޑރ. މުޙައްމަދު އިޔާޟް ޢބަދުއްލަޠީފް 

"ޝައިޠާނީ ބެރުދުންމާރި އާއި އެހެނިހެން މުންކަރާތްތަށް ހިމެނޭ ގޮތަށް އަންހެނުންނާއި ފިރިހެނުން އެއް ތަންވެ، މަސްހުނިވެ، ފޯރިނަގައި ނާޗަރަންގީ ކުޅުމަކީ މާތް ﷲ ގެ ރުއްސެވުން ލިބޭނޭ ކަމެއް ނޫނެވެ. އެކަމުން އެންމެ ބޮޑު ރުހުމެއް ލިބިގެން ދާނީ ޝައިޠާނާގެއެވެ." 

- ޝައިޚް ޝަފީޢު ޢަބްދުﷲ 

ޔޫތް މިނިސްޓަރު ކުޅުއްވަން އުޅުއްވާ ނާޗަރަންގީގެ ކަންތައް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެއީ ދިވެހި ޤައުމީ ޓީމާއި އެއްވެސް ގުޅުމެއްހުރި ކަމެއް ނޫނެވެ. ރައްޔިތުން ތިބެންވާނީ ދިވެހި ޤައުމީ ޓީމާއިއެކުގައެވެ. ދިވެހި ޤައުމީ ޓީމަށް ހިތްވަރުދީ ކާމިޔާބީއަށް އެދި ހެޔޮދުޢާކުރުންމަތީގައެވެ.

މިއަދު އޮންލައިން