މީހުންގެ ޙަޤީޤަތް އެނގޭނެ ދެޙާލަތު- ވިސްނުންތެރިކަމާއެކު ކޮންމެ މީހަކުވެސް ބައިވެރިޔާ ވަޒަންކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މީހުންގެ ޙަޤީޤަތް އެނގޭނެ ދެޙާލަތު- ވިސްނުންތެރިކަމާއެކު ކޮންމެ މީހަކުވެސް ބައިވެރިޔާ ވަޒަންކޮށްލާށެވެ!

ކޮންމެ މީހަކުވެސް ކަންކަން ޙާޞިލުކުރަން ބޭނުންވުމުން ތަރިބާލާނެއެވެ. ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. ނަމަވެސް މުހިންމީ އޭނާ އެދައްކާ ވާހަކައެއް ނޫނެވެ. ބޭނުންވާ ކަންތައް ޙާޞިލުވުމުން ޢަމަލުކުރާ ގޮތެވެ. ވަޒަންކުރަންޖެހެނީ އެކަމެވެ.

މީހާގެ ޙަޤީޤަތް ހާމަކޮށްދޭ ދެކަމެއް ނުވަތަ ދެ ޙާލަތެއްވެއެވެ.

1 ތިމާގެ އަތުގައި އެއްވެސް އެއްޗެއް ނެތްއިރު ހުރި ކެތްތެރިކަން

2 ހުރިހާ އެއްޗެއް ލިބުމުން މީހާ އަމަލުކުރާ ގޮތް

މި ބަސް ނުވަތަ މިކަން ދެގޮތަކަށްވެސް ބަލައިލެވިދާނެއެވެ.

ފުރަތަމަ ބަލައިލަންވީ ބާރެއް ނުވަތަ ވެރިކަން ފަދަ ކަމެއް ލިބިގަންނަން މަސައްކަތްކުރާއިރު އެމީހަކު ރައްޔިތުންނަށްވާ ވައުދުތަކަށާއި އެމީހާގެ އަޚްލާޤް ހުންނަގޮތަށެވެ. ދެން ވެރިކަން ލިބުމުން އެމީހާ ޢަމަލުކުރާ ގޮތަށެވެ.

ހަމައެފަދައިން ތިމާ ލޯބިވާ މީހާ ޙާޞިލުކުރަން މަސައްކަތްކުރާއިއިރު ދައްކާ ވާހަކަތަކާއި ޢަމަލުކުރާ ގޮތަށްވެސް ބަލައިލާށެވެ. އެއިގެފަހުން ލޯބިވެރިޔާ އާއި ކައިވެނިކުރުމުން އަމަލުކުރާ ގޮތަށްވެސް ބަލައިލާށެވެ.

ދެކޮޅު އެއްގޮތަށް ދިމާ ކުރެވިއްޖެ ނަމަ އެމީހަކު ވާނީ ވަރަށް ތެދުވެރި ވަފާތެރި އިޚްލާޞްތެރިއަކަށެވެ. ދިމާ ނުވެއްޖެނަމަ އެމީހަކު ވާނީ ވަރަށް ޣައްދާރު، މަކަރުވެރިއަކަށެވެ.

 

މިއަދު އޮންލައިން