އަނެއްކާވެސް ދުވިސައްތަ ކިލޯ އަށްވުރެ ޑްރަގްސް ފުލުހުން އަތުލައިގަނެފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 46ސ
އަނެއްކާވެސް ދުވިސައްތަ ކިލޯ އަށްވުރެ ޑްރަގްސް ފުލުހުން އަތުލައިގަނެފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދުވިސައްތަ ކިލޯ އަށްވުރެ ޑްރަގްސް ފުލުހުން އަތުލައިގަނެފިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަނުގައި 215 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށެވެ.

ފަހުގެ ތާރީހެއްގައި އެއް ފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެއްޗަކީ ވެސްމިއީއެވެ.

މިއޮޕަރޭޝަނަށް ދިވެހި ސިފައިންނާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން އެހީތެރިވެދީފައިވާއިރު އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަފްތާގައި ފުލުހުން ހިންގި އެހެން އޮޕަރޭޝަނެއްގައި ވެސްވަނީ 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެނެ 10 މީހަކު ހައްޔަރުކޮށްފައެވެ.

 

މިއަދު އޮންލައިން