ޢަބްދުއްލަޠީފް އިންސާނާގެ ކުރިއެރުމާ ކާމިޔާބީއާއި އެނޫންވެސް ހުރިހާ ކަމެއް ގުޅިފައިވަނީ އެމީހެއްގެ ބުއްދިއާއިއެވެ. އެހެންކަމުން އިމާމް ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. "ބުއްދިއަކީ ފައިސާދީގެން ގަނެވޭނެއެއްޗެއްނަމަ ބުއްދި ގަންނަން (ކިތަންމެ ގިނައިން ނަމަވެސް) ފައިސާ ޚަރަދުކުރާނެއެވެ. ނަމަވެސް ތިމަންކަލޭގެފާނު ޢަޖައިބުވަނީ މީސްތަކުން އެ ބުއްދި ފުލުވައިލުމަށް ޚަރަދުކުރާތީއެވެ."
- ޝައިޚް ޢަލީ ޒައިދު
(އިމާމް އެވިދާޅުވާ ބަސްފުޅުގެ މާނައަކީ ބުއްދިއަކީ ފައިސާ ދީފައި ގަނެވޭނެ އެއްޗެއްނަމަ ކިތަންމެ ބޮޑު އަގެއްދީފައި ނަމަވެސް ބުއްދި ގަންނަން ބޭނުންވާނެއެވެ. އިމާމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިއެވަނީ ދުނިޔޭގައި ޓެކްނޮލޮޖީގެ ވިޔަފާރި ކުރިއަރާފައިވާ ޒަމާނެއްގައެއް ނޫނެވެ. ނަމަވެސް މިއަދު އެބަސްފުޅުގެ ތެދުކަން މިއޮތީ ފެންނާސެވެ. އެކަމުގެ ހެއްކަކީ މިއަދު ދުނިޔޭގައި އެންމެ ބޮޑުއަގުގައި ވިއްކައިލެވޭ އެއްޗަކީ އިންސާނާގެ ބުއްދި ބޭނުންކޮށްގެން އުފައްދާ ޓެކްނޮލޮޖީކަމެވެ.)
(ބުއްދި ފިލުވާލަން ޚަރަދުކުރާކަމަށް ވިދާޅުވެފައިވާ ބަސްފުޅުގެ މާނައަކީ މަސްތުވާތަކެތި ބޭނުންކުރުމަށާއި ބަނގުރާ ބުއިމަށް ފައިސާ ޚަރަދުކުރާ ވާހަކައެވެ. އެކަންކަން ކުރުމުން ބުއްދި ފިލައިގެންދާއިއރުގައިވެސްމެއެވެ.)
ޝައިޚް ދެން ފާހަކަކުރައްވާފައިވަނީ 3 ވަނަ ޚަލީފާ ޢުޘްމާނުގެފާނު ޚުޠުާ ދެއްވަވަމުން ބަޔާންކުރެއްވެވި ވާހަކަފުޅެކެވެ. އެއީ އޭނާ އާއިއެކު ފާހިޝް އަމަލުކުރުމަށް ނުވަތަ ކުޑަކުއްޖަކު މެުމަށް ނުވަތަ ބަނގުރާ ބުއިމަށް އަންހެނަކު ހުށަހެޅުމުން ކަންތައްތައްމެދުވެރިވި ގޮތުގެ ވާހަކައެވެ.
އޭނާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ، އަޅުކަންކޮށްއުޅޭ މީހަކަށްވާތީ ފާޙިޘް ޢަމަލުކުރުމާ މީހުން މެރުން ފަދަ ބޮޑު ފާފައެއް ނުކުރަންވެގެން އެންމެ ކުޑަ ފާފަ ކަމަށްބަލައި ބަނގުރާ ބުއިމީހާގެ ވާހަކައެވެ. ބަނގުރާ ބޮއެ މަސްތުވުމުން މަސްތުގެ ޙާލަތުގައި ހުރެ އޭނާވަނީ ކުއްޖާވެސް މަރާލައިފައެވެ. އަދި އެ އންހެން މީހާ އާއިއެކު ފާހިޝް އަމަލުވެސް ހިންގައިފައެވެ. އަނހެން މީހާ ބުނި 3 ފާފަވެސް ކޮށްފައެވެ.
ހުރިހާ ފާތަކެއް ކުރުމުގެ ތަޅުދަނޑިއަކީ މަސްތުވުން ކަމުގައިވާއިރު، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ފާފައެއް ނޫންކަމަށް ކަމަށް ހަދައި ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުވެސް މިހާރު ނުޖަހައި އެއީ ބައްޔެއް ކަމަށް ރާއްޖޭގައި ޤާނޫނު ފާސްކޮށްފައިވާއިރު އެޤާނޫނަކީ ކަނޑައެޅިގެން ބާޠިލް ޤާނޫނެއްކަން ޝައިޚް ގެ މިދަރުސްއިން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
ދަރުސް އަޑުއައްސަވާލައްވާ:
https://www.facebook.com/islamicaffairsmv/videos/567256421266567