މާސްކް ނާޅައި ގައިދުރުކަމެއް ނެތި ދެ ޙަރަމްފުޅު ފުރާލައި މީހުން ވަނުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފިއެވެ. ހަމައެކަނި ޝަރުޠަކީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވުމެވެ.
ސައުދީ ގެޒެޓްގައިވަނީ މާދަމާ (17 އޮކްޓޯބަރ) އިން ފެށިގެން މަގުމަތީގައިވެސް މާސްކް ނާޅާއި އަދި ގައިދުރުކަމެއްނެތި އުޅެވޭނެ ކަމަށެވެ.
ސައުދީޏް މިފަދަ ލުޔެއް މިދިނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން 19 މަސްދުވަސްވަންދެން އަޅާފައި އޮތް ފިތަވަޅުތައް ނމުމަކަށް ގެނައުމަށް ސަލްމާން ރަސްގެފާނު ނިންމެވުމާއި ގުޅިގެންނެވެ. އެހެންކަމުން މާދަމާއިން ފެށިގެން ސައުދީގައި ޢަމަލުކުރާނީ ޢާންމު ޙާލަތަށެވެ.
އެހެންކަމުން ބަސްދަތުރުތަކުގައިވެސް ފުރެންދެން މީހުން އުފުލޭނެއެވެ. އަދި މިފިޔަވަޅުތަކުގެ ސަބަބުން ޙައްޖާއި ޢުމުރާވުމުގެ އަގުތައް ތިރިވެގެންދާނެއެވެ.
މިފިޔަވަޅުތައް މިގޮތަށް ބަދަލުކުރީ ކޮރޯނާ އެކުގައި ފިލައިދިއުމަކުން ނޫނެވެ. ނަމަވެސް އެކަށީގެންވާ ޢަދަދަކަށް މަދުވުމުންނެވެ.