(މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)
ފެށުން: `
اَلْحَمْدُ لِلَّه وَالصَّلاَةُ وَاسَّلاَمُ عَلَى رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَآلِهِ وَسَلَّمَ الْأَخُ الشَّفِيْقُ، وَالصِّنْوُ الرَّفِيْق،
الْفَاضِلُ عَبْدُ اللهِ كَمَالُ الدِّين، دَامَتْ مَعَالِيْهِ بَعْدَ السَّلاَم وَالْإِكْرَام وَرَحْمَةُ اللهِ وَبَرِكَاته عَلَى الدَّوَامِ، اُعَرِّفُ
ކޮއްކޯ ރެއިގައި އެދުނުފަދައިން އަހުރެން މާތްރަސްކަލާނގެ ކިބައިން تَوْفِيْقُ އެދި ހުރެ މިއަދު كِتَابُ الدُّرَّة الفَاخِرَة فِى كَشْف عُلُومِ الْآخرَة، މިފޮތް ދިވެހިބަހުން ترجَمِة ކުރާން މިފަށަނީ އެވެ. މިފޮތަކީ މުޅި إِسْلاَمِى عَالَم ގައި مَشْهُورވެ ނަންފުޅު އުފުލިގެންވާ غَزَالى إمَام تَصْنِيف ކުރެއްވި ގިނަފޮތްތަކުގެ ތެރެއިންވާ އަދި مُعْتَبَر ފޮތެކެވެ. ބަސްތައް ކުރުވެގެންވާ ފޮތެއް މެއަ. މިފޮތުގައި މިހުރިވާހަކަތައް شرح ކޮށް ބަޔާން ކުރަން ވެއްޖިއްޔާއި ވަރަށް ބޮޑަތި އެތައް دَفْتَر އަކަށް ބޭނުންވާ ހުއްޓެވެ. މިހެންވެ އަހުރެން ގަސްދުކޮށްފައި ވަނީ شرح ކުރުމުގެ ގޮތުން ވިޔަސް އަހުރެންގެ އަމިއްލަ އެންމެ ބަހެއްވެސް ނުލައި އެފޮތުގައި ހަމަ އެހުރި މިންވަރަށް ފަސޭހަ ދިވެހިބަހުން تَرْجَمَة ކޮށްލުމަށެވެ.
فصل (1)
سَلاَم ލެއްވި آدَم ގެފާނުންގެ ބުރިކަށިފުޅު މާތްރަސްކަލާނގެ يَدُ قُدْرَةُ ން ފުއްސަވައިލެއްވި ހިނދުގައި އެހިއްޕެވި ދެމުށްވަރު ހިއްޕަވައި ފިއެވެ. ފުރަތަމަ ފަހަރުހިއްޕެވިބައިވަރު ހިއްޕެވީ އެކަލޭގެފާނުންގެ ކަނާތް ފަރާތުންނެވެ. އަނެއްފަހަރު ހިއްޕެވި ބައިވަރު ހިއްޕެވީ އެކަލޭގެފާނުންގެ ވާތްފަރާތުންނެވެ. ދެންފަހެ آدَم ގެފާނުންގެ ކުރިމަތިފުޅުގައި މާތްރަސްކަލާނގެ قُدْرَة ތެރިކަމުން އެތަކެތި ފަތުރުއްވައިފިއެވެ. އެއިރު އެތަކެތި ވަނީ ذرّތަކެއްގެ މިސާލުގައެވެ. ދެން وحى ކުރެއްވިޔޭ. މިބައިމީހުންނީ ސުވަރުގެޔަށް ދާންތިބި މީހުންނެވެ. އަހުރެންނަކަށް ފަރުވާލެއްނެތެވެ. އެއުރެން ޢަމަލު ކުރާހުށީ ސުވަރުގޭގެ عمل ންނެވެ. މިބައި މީހުންނީ ނަރަކައަށް ދާންތިބި މީހުންނެވެ. އަހުރެންނަކަށް ފަރުވާލެއްނެތެވެ. އެއުރެން عمل ކުރާހުށީ ނަރަކައިގެ عمل ންނެވެ.
ފަހެ سَلاَم ލެއްވި آدَم ގެފާނު ދަންނަވައިފިޔޭ يَارَبَّ ނަރަކައިގެ أهْلُ ވެރީންގެ عمل ތަކަކީ ކޮބައިތޯ އެވެ. وحى ކުރެއްވިޔޭ، އެއީ އަހުރެނާއި މެދުގައި شَرِيْكُ ކޮށް އަހުރެން ފޮނުވާ رَسُولُ ންގެ ބަސްތައް ދޮގުކޮށް އަހުރެންގެ ފޮތުގައި ހުރި އަމުރާއި ނަހީޔަށް އުރެދި އުޅުމެވެ. آدَمُ ގެފާނު ދެންނެވިޔޭ، އެއުރެން އެކަން ނުކުރެތްތޯ އެއުރެން ހެކިކުރެއްވުން ކިޔެއްތޯ އެވެ. ދެންފަހެ އެއުރެން ހެކި ކުރައްވައިފި އެވެ. އެއުރެންނަށް وحى ކުރައްވައިފިޔޭ. اَلَسْتُ بِرَبِّكُمْ އިބުރެމެންގެ ކަލާނގެ ކަމުގައި އަހުރެން ނުވަންހެއްޔެވެ. އެއުރެން ދަންނަވައިފޫއޭ، ނޫނެކޭ. ނޫނެކޭ. އަޅަމެން ހެކި ވެއްޖައީމުއެވެ.
ދެންފަހެ އެއުރެން އެކަލާނގެ ކައުކަމަށް ހެކިވީ ކަމުގެ މައްޗަށް آدم ގެފާނާއި މަލާއިކަތުން ހެކި ކުރައްވައިފައި އެއުރެން އިހުތިބިތަނަށް ރައްދު ކުރައްވައިފި އެވެ. އެއިރު އެއުރެން ދިރިތިބީ، ހަށިތަކަކާއި ނުލައި ހުސް ނަފުސުތަކަކުންނެވެ. ދެންފަހެ آدم ގެފާނުންގެ ބުރިކަށިފުޅަށް އެއުރެން ރައްދު ކުރެއްވި ހިނދުގައި އެއުރެން މަރުގަންނަވައި ފުރާނަ ހިއްޕަވައި عَرْشِى ގެ خَزَانه ތަކުގެ ތެރެއިން خَزَانه އެއްގައި އެފުރާނަތައް ލައްވައިފި އެވެ. ފަހެ އިންސާނަކަށް ވުމަށް ތައްޔާރުވެގެންވާ މަނީގެ ފޮދުވަރު رحم އަކަށް ފައިބައްޖެއްޔާއި އެތާނގައި قَرَار ވެ، ސޫރަ ފުރިހަމަ ވެއްޖައުމަށް ދާންދެން އޮވެދެއެވެ.
އެއިރު އެއިގެ ނަފުސުވަނީ މަރުވެގެންނެވެ. އެކަމަކު އެއިގައި ހުރި مَلَكُوتِى جَوْهَر އަށްޓަކައި އެކުނިވެ ފާސިދުވެގެން ދިއުން މަނާކުރެއެވެ. ދެންފަހެ މާތްރަސްކަލާނގެ އެއަށް ފުރާނަ އަޅުއްވައިފިއްޔާއި އެއިން ހިއްޕަވައި عَرْشِىގެخَزَانه ގައި ފޮރުއްވައިފައިވާ ސިއްރު އެއަށް ރައްދު ކުރައްވައި ފަތެވެ. އެއިރުން އެކުއްޖާ ތޮޅިލައިފައެވެ. އެތޮޅިލާ ތޮޅިލުން މައިމީހާއަށް އެނގެއެވެ. ބައެއްފަހަރަށް ނުއެނގިވެސް ހިނގައިދެއެވެ. މިއީ ފުރަތަމަ މަރުވެފައި ދެވަނައަށް ދިރުނު ދިރުނުމެކެވެ.
އަދި ނުނިމޭ