މިވީޑިއޯ ބަލައިފިނަމަ މީސްތަކުންނަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކުރަން މަސައްކަތްނުކުރެވޭ މީހުންނަށް ޢިބްރަތަކަށްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިވީޑިއޯ ބަލައިފިނަމަ މީސްތަކުންނަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކުރަން މަސައްކަތްނުކުރެވޭ މީހުންނަށް ޢިބްރަތަކަށްވާނެ!

ﷲ ތަޢާލާ އަހަރެމެންނަށް އަމުރުފުޅު ކުރައްވަވާފައިވަނީ އަހަރެމެން ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމާއިއެކު އެމީހެއްގެ އަހުލުވެރިންނާއި އެންމެހައި މީސްތަކުން ނަރަކައިން ސަލާމަތްކުރަން މަސައްކަތް ކުރުމަށެވެ. އެހެން މީހުންނަށް އުފުލަންޖެހޭ ތަކްލީފްތައް ލުއިކޮށްދީ އެހީތެރިވުމަށެވެ.

ނަމަވެސް ގިނަ ބައަކު މިއަދު ވަނީ އެކަންކަމުގައި ވަރަށް ބޮޑަސް އިހްމާލްވެފައެވެ. މަދު މީހަކަށް ނުވަނީ ﷲ ތަޢަލާގެ އަމުރުފުޅުތަކުގެމަތިން ހަނދާންވާހެނެއްވެސް ހިއެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންނަށް އެހީތެރިވުމާއި ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ބއަކު ދަނީ ވަރަށް ބޮޑަށް އިހްމާލްވަމުންނެވެ.

ޚަބަރުގައިވާ ފޭސްބުކް ވީޑިއޯ އިން ފެނިވަޑައިގަންނަވާނީ އެންމެ ވިހަގަ ހަރުފަ، ކޯބްރާ ހަރުފައެއްގެ ކިބައިން މީދަލެއް ސަލާމަތްކުރަން ރާމާ މަކުނުތައް މަސައްކަތްކުރާ މަންޒަރެވެ. އެކަމަށް ހުރަސް އަޅަން ގައު ވައްޓާތަނާއި މީދަލުގެ ނިގުލުގެ ހިފައި ދަމައި ހަދާތަނެވެ.

ވިހަގަދަ ކޯބްރާ ހަރުފައެއްގެ ކިބައިން މީދަލެއް ސަލާމަތްކުރަން ރާމާމަކުނު މިވަރަށް މަސައްކަތްކުރާއިރު އަހަރެމެންގެ އަހުލުވެރިންނާއި އެކުވެރިންނާއި އެންމެހައި މީސްތަކުން ނަރަކައިން ސަލާމްތަކުރަން އަހަރެމެންނަށް ކުރެވެނީ ކޮން މަސައްކަތެއް ކަމާއިމެދު ވިސްނައިލަމާތޯއެވެ!

ހަމަ އެއާއިއެކު އަހަރެމެންގެ އެކުވެރިންނާއި އެންމެހައި މީސްތަކުންނަށް މިދުނިޔޭގައި އުފުލަން ޖެހޭ ތަކްލީފްތަކުން ސަލާމަތްވުމަށް އަހަރެމެންނަށް ފޯރުކޮށްދެވެނީ ކޮން އެހީތެރިކަމެއް ހެއްޔެވެ؟ މި ސުވާލުތައް ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލުން ކީއްހެއްޔެވެ؟

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/watch/?v=476739612915791

މިއަދު އޮންލައިން