ރަސޫލު الله ﷺ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ.
"މުސްލިމަކު ޠަހާރަތުގެ މަތީގައި ޛިކުރު ކުރާ ޙާލު ނިދުމަށްފަހު، ދެން ރޭނގަޑު ކުއްލިއަކަށް ހޭލެވުމުން ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަމަށް އެދި ދުޢާކޮށްފިނަމަ އެ ދުޢާ އިޖާބަ ކޮށްދެއްވާ ހުއްޓެވެ."
أخرجه أبو داود (5042)
ވީމާ ނިދީން ހޭލެވުމުން އަވަސްވާންވީ ފޯނުނަގައި މެސެޖެއް އައިސްފައިވޭތޯ ނުވަތަ މިސްކޯލެއް އިންތޯ ބަލާކަށް ނޫނެވެ. އަވަސްވެގަންނަންވީ ދުޢާކުރުމަށެވެ.