ނަމާދަށް ރައްކާތެރިނުވާ މީހުން ޤިޔާމަތްދުވަހު ވާނީ ކޮންބައަކާއިއެކުގަކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ނަމާދަށް ރައްކާތެރިނުވާ މީހުން ޤިޔާމަތްދުވަހު ވާނީ ކޮންބައަކާއިއެކުގަކަން އެނގޭހެއްޔެވެ؟

ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. 

وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ)

މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ޤިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއް ނުވެއެވެ. އެފަދަ މީހުން ޤިޔާމަތް ދުވަހުން ވާހުށީ ޤާރޫނާއި ފިރުއައުނު، ހާމާން އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ". 

- ޝައިޚް މުޙައްމަދު ލަޠީފް 

ނަމާދަށް ރައްކާތެރިވުމަކީ ފަރުޟު 5 ނަމާދު އެނަމާދެއްގެ ވަގުތުގައި ކުރަމުން ގެންދިއުމެވެ. ވަގުތު ވަދެ، ފާއިތުވެގެންދިއައިރުވެސް ނިދާފައި އޮވެވުމާއި ހަނދާން ނެތުމުން ނޫނީ ނަމާދު ނުއެޅުމެވެ. ފުރިހަމަ ގޮތަކީ ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމެވެ. އަންހެނުންވެސް ވަގުތު ޖެހުމުން ނަމާދުކުރުމަށް އަވަސްވެގަތުމެވެ. އެންމެ ފުރިހަމަގޮތަކީ ވަގުތު ޖެހެންވާއިރު ނަމާދަށް ތައްޔާރުވެގެންހުރުމެވެ.

މިއަދު އޮންލައިން