ރީތި ފޭރާން ލައިގެން ތިބޭނަމަ އެއީ ކިބުރުވެރި، ބޮޑާ، ދެއްކުންތެރިންކަމަށް އެބަ ބުނެވެއެވެ. ނަމަވެސް އެހައިފަސޭހައިން އެކަމަށް ގޮތް ނިންމައި ބަސް ނުބުނާށެވެ.
އިމާމް އިބްން އަލްޤައްޔިމް އަލްޖައުޒިއްޔާ رحمه الله تعالى ވިދާޅުވެފައިވެއެވެ.
"އެންމެހައި ރިވެތިކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ރިވެތިކަމަށް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. އަދި ﷲ ތަޢާލާ އެމީހަކަށް ނިޢްމަތް ދެއްވަވައިފިނަމަ އެކަން އެމީހާގެ ކިބައިން ފެންނަންވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. ފުރަތަމަ ކަމަކަށް އެތެރެބައި (ނިޔަތާއި ހިތް) ރިވެތިކުރާށެވެ. ދެން ބޭރުފުށް ރިވެތިކުރާށެވެ! މީހާގެ ދަރަޖަ މަތިވެރިވެގެންދާނީ ބޭރުފުށުެ ރިވެތިކަމަކުން ނޫނެވެ. އެތެރެފުށުގެ ރިވެތިކަމުންނެވެ."
ވީމާ ނުދަރައި، އަމިއްލަ ދިރިއުލުމުގެ ކަންކަން އަމިއްލައަށް ފުއްދަމުން އެމީހަކު ރިވެތިފޭރާންލުމަކީ މައްސލައެއް ނޫނެވެ. މައްސަލައަކަށްވާނީ އެމީހެއްގެ ހިތުގައި ކިބުރުވެރިކަމާއި ބޮޑާކަމާއި ދެއްކުންތެރިކަން އޮތްނަމައެވެ. އޭނާގެ ދިރިއުޅުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ނުކުރެވޭ ޙާލުމ ދަރަނިވެރިވެގެން ރިވެތިފޭރާންލާނަމަ އެއީ ދެއްކުންތެރިއެއްކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އެހާލުގައިވެސް އޭނާއަކީ ދެއްކުންތެރިއެއް ކަމަށް ނުބުނާށެވެ! އޭނާގެ ހިތުގައިވާ އެއްޗެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހަރެމެންނަށް އެނގޭނީ އޭނާ ބުނާ އެއްޗެކެވެ.
ހަމައެއާއިއެކު ރީތިވާންވީ މީހުންނަށް ދެއްކޭކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެއިރުން އެކުރެވެނީ ފައިޑާކުރާނެ ހެޔޮ ޢަމަލެކެވެ. ކިތަންމެ ފަޤީރު މީހަކުވެސް ރިވެތި، އަގުބޮޑު ފޭރާމެއް ލައިފާނެއެވެ. އެއިރުންވެސް ނުބައިއެއްޗެއް ހިތަށް ނާރުވާށެވެ! އެހެނީ އޭނާ ލައިގެން އެހުރީ މީހަކުކުރި ޞަދަޤާތަކަށްވެސް ވެދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުނ