މިހާރަކަށް އައިސް އެކިއެކި ކަންކަމުގައި ވާހަކަދައްކަމުން ނުވަތަ ޤާނޫނުތައް ފާސްކުރަމުން ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށްވުރެ މިވެނި ގޮތެއް މާރަނގަޅުވާނެ ކަމަށާއި ކަމުގެ ޙައްލު އޮތީ އެމީހާއަށް ވިސްނޭ ގޮތަށް ކަންކަން ކުރުމުން ކަމަށް އެބަ ބުނެއެވެ.
މިފދަ މީހުން ބިރުވެތިވާށެވެ! އެބުނެވެނީ ކުފުރުގެ ބަހެކެވެ.
"ﷲ ތަޢާލާގެ ޝަރީޢަތަށްވުރެ ފުރިހަމަ ޝަރީޢަތެއް ނުވެއެވެ. އަޅުތަކުންގެ މަޞްލަހަތުވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެ އިލާހުގެ ޙުކުމްފުޅު ތަންފީޒްނުކޮށް އެއަށްވުރެ މޮޅު ގޮތެއް ތިމާއަށް އެނގޭ ކަމަށް ދައުވާ ކުރުމަކީ ކުފުރުގެ އަމަލެކެވެ!"
–ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް ގެ މި ބަސްފުޅުން އެނގިގެންދަނީ ﷲ ތައާލާގެ ޙުކުމްފުޅުތައް ދޫކޮށްލައި އަމިއްލަ ޙުކުމްތައް ނެރުމަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް މީހަކު އެފަދަ ބަހެއް ނުބުނާނެއެވެ! އަދި އެފަދަ ކަމަކަށް ވަކާލާތެއްވެސް ނުކުރާނެއެވެ.
ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙުކުމްފުޅުތަކާއި ދެކޮޅަށް ވާހަކަ ދައްކައި ޤިޞާޞް ހިފުމާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އެމީހުންނަށް އެކުރެވެނީ ކިހައިވައރެއްގެ ނުބައި ކަމެއްކަން އެނގެން އެބަޖެހެއެވެ. ވިސްނައި ތައުބާވާން އެބަ ޖެހެއެވެ.