އައްރަޙްމާން ސޫރަތުން ލިބޭ ފިލާވަޅުތަކުން 8: އެންމެ ކެތްތެރި، އެންމެ މޮޅު މުދައްރިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
އައްރަޙްމާން ސޫރަތުން ލިބޭ ފިލާވަޅުތަކުން 8: އެންމެ ކެތްތެރި، އެންމެ މޮޅު މުދައްރިސް

ދެން މިސޫރަތުގެ ދެވަނަ އަދި ތިންވަނަ އާޔަތައް ނަޒަރުހިނގާލާނަމެވެ. ވަރަށް ގިނަބަޔަކަށް ސޫރަތުލް އާލާ އިނގޭނޫންތޯއެވެ. މިސޫރަތުގައި އެކަލާނގެ ބަޔާންކުރައްވަނީ ފުރަތަމަ އެކަލާނގެއާބެހެގޮތުންނެވެ. ދެން އެއަށްފަހު ޙަލްގުކުރެއްވުމުގެވާހަކަ ދައްކަވައި ހިދާޔަތްދެއްވަވާވާހަކަ ބުނެދެއްވައެވެ. ވީމާތަރުތީބަކީ ޙަލްގުކުރައްވާ ވާހަކަފުރަތަމަ ބުނެދިނުމަށްފަހު ދެން ހިދާޔަތްދެއްވަވައިވާހަކަދައްކަވާކަމެވެ. އިބްރާހީމްއަލައިހިއްސަލާމްވެސް މިފަދައިންވިދާޅުވިއެވެ. ރަހްމާންސޫރަތުގައި މިތަރުތީބު އިސްފަސްވެފައިވެއެވެ. ފުރަތަމަ އޮތީ ހިދާޔަތްދެއްވާވާހަކައެ، އެއަށްފަހު ޙަލްގުކުރައްވަވާވާހަކައެވެ. އެއީ އާދަޔާ ޙިލާފުބުނުމެކެވެ. އެކަން އިސްފަސްވެފައިވާސަބަބުފަހަށް ބޭއްވުމަށްފަހު އިހައް އެހެންވާހަކައެއްބުނެލާނަމެވެ. 

ކުލާހެއްގައި ތަފާތުވަރަށްއުގެނޭ ތަފާތުކުދިން ތިބޭނޫންހެއްޔެވެ. އަދި ނޭނގޭ ކުއްޖަކަށް އުނގަންނައިދޭން މުދައްރިސް އަށް ވެގެން ވާ ހުރިހައި ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭންއެވެ. ކުލާހުގައި މުދައްރިސް ގެ ދައުރު ވަނީ ކުދިންގެ ކަންކަން އަންގައިދިނުމަށް ގުޅިފައެވެ. ރަސޫލާ

(ﷺ) އަކީ އެންމެ މޮޅު މުދައްރިސް އެވެ. ފާއިތުވި ތަނުގައި ވެސް އަދި ކުރިޔަށް އަންނަ ޒަމާން ތަކުގައި ވެސް މިކަން ބަދަލެއް ނުވާނެއެވެ. އުނގަންނައި ދިނުމަށް އަބަދުވެސް އެންމެ މުހިންމު ވާނީ މޮޅު މުދައްރިސްއަކާ މޮޅުމުގައްރަރެކެވެ. ކީރިތި ޤުރުއާނަށްވުރެ މޮޅުމުޤައްރަރެއް މިގޮތުން ނޯންނާނެއެވެ. 

އެ ޙާލަތުގައި ކިޔަވާ ކުދިންނަށް އެވަނީ ގުރައިޝުންނެވެ. އެ މީހުންނަކީ އެއިވޭ އެއްޗެއް ގަބޫލު ކުރަން ބޭނުންވީ ބައެއް ނޫނެވެ. ކިޔަވާ ދެއް ވީ އުނދަގޫ ފިލާވަޅު ތަކެއްނޫނެވެ. ފަސް އަހަރުގެ ކުއްޖަކަށް މައް ކީ ސޫރަތް ތަކުން ދޭހަވާ ކަންކަން ފަސްމިނެޓް ތެރޭ ކިޔައި ދޭން ބުނެފިނަމަ އަޅުގަނޑަށް އެކަން ގައިމުވެސް އެންމެ މިނެޓަކުން ކުރެވޭނެއެވެ. މައްކީ ސޫރަތް ތަކަކީ ގުރުއާންގެ ތިންބައިކުޅަދެބައެވެ. އޭގެ ހުލާސާއަކީ ﷲ އީ އެންމެ އެއްކައުވަންތަ ރަސްކަލާނގެކަން, ފަނާވެގެން ގޮސްފައިވާ އެކަލާނގެއަށް އީމާންނުވާ މީހުން ފަދައިން އަހަރުމެންނުވާން އެދުން, ރަސޫލުންނަށް އީމާން ވުން, އާޚިރަތައް އީމާންވުން, ﷲ އަށް ކިޔަމަންވާ އެކަލާނގެ އަޅަކަށްވުންމިއެވެ. އެއީ ކިތަންމެ ފަސޭހަ އެއްޗަކަށް ވީ ކަމުގައިވިޔަސް އަހަރުމެން ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުރައިޝު ން ނަށް އެފިލާވަޅު ތައް އުނގަންނައިދެއްވަވަން ބާރަ އަހަރު ހޭދަ ކުރެއްވިއެވެ. 

އެމީހުނަށް އެފިލާވަޅު ތައް އުނގަންނަވައި ދެދެއްވަމުން ގެންދެވީ ފަސޭހަ ކޮށް އަދި އެމީހުން ވާހަކަދައްކާ އުޅޭ ބަހުން ނެވެ. އެފަދައިން ކަންތައްތައް ހިނގަމުން ދިޔައިރު ވެސް މުޝްރިކުން ބުނަމުން ދިޔައީ އެމީހުނަށް އެއްޗެއް ފަހުމު ނުވާ ވާހަކައެވެ. އަދި އެފަދައިން ރަސޫލާ ﷺ އަށް ނިކަމެތިކަން ދެމުން ދިޔައެވެ. އާދައިގެ މުދައްރިސަކު ނަމަ ކިޔަވާ ކުއްޖަކު ދެ ފަހަރަކު ކިޔަވާދޭ އެއްޗެއް ނޭނގޭ ވާހަކަ ބުނެފިނަމަ ރުޅި އައިސް އެކުއްޖަކު ދެރަކޮށް ލާނެ އެވެ. 

(މިކަމުންވެސް އެނގިގެންދަނީ ރަސޫލް ގެ ކެތްތެރިކަމެވެ. އަދި މުޅި ޙަޔާތްޕުޅަށް ބެލިނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަވާފައިވަނީ ކެތްތެރިކަމާއިއެކު ކުރިއަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވަވަން ކަމެވެ.)

- ނޫމާން އަލީ ޙާން 2013 ވަނަ އަހަރު މެލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާއިން

މިއަދު އޮންލައިން