ތިބާގެ ކިބައިގައި އެއްވެސް ނުކުޅެދުންތެރިކަމެއް ނުލައްވަވައި ﷲ ތަޢާލާ ތިބާއަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުމުން ނަމާދުނުކޮށް ތިބޭ މީހުން ސިކުނޑިހުޅުވާލައިގެން ނިކަން މިޚަބަރުގައިވާ ވީޑިއޯ ބަލައިލަބަލާށެވެ. ނުކުޅެދުންތެރިކަން އިންތިހާއަށްހުރި ޙާލުގައިވެސް އެ ކުއްޖާ މަ،ާދުކުރަން އެކުރާ މަސައްކަތް ނިކަން ލޮލުން ބަލައިލަބަލާށެވެ!
އަދިވެސް ކީއްހެއްޔެވެ؟ ގުދުނުވެވޭތީ ރުކޫޢު ނުކުރެވޭ މީހުންނާއި ސަޖިދަ ނުކުރެވޭ ޙާލުގައި ނަމާދުކުރާ މީހުން ހުރިހާ ވަޤުތުތަކެއްގައި މިސްކިތްތަކުން ފެންނަމުންދާއިރު ޢިބްރަތް ޙާޞިލްކުރެވޭ ހެއްޔެވެ؟ އެފަދަ ޙާލަތެއް ތިބާއަށް ކުރިމަތިވާނީ ކޮންދުވަހަކު ކޮން ވަގުތެއްގައިކަން އެނގޭހެއްޔެވެ؟
ދުޢާއަކީ އެފަދަ ޙާލަތެއް މެދުވެރިނުވުމެވެ. ނަމަވެސް އަބަދުވެސް ހުންނަންވީ އެކަމަށް ތައްޔާރުވެގެންނެވެ. ރުކޫޢު ނުކުރެވި، ސަޖިދަނުކުރެވުމުން ލިބޭ ހިތްދަތިކަން އިޙްޞާޞް ކުރެވޭނީ ހަމަ އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ.
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/watch/?v=588148358905318