ހޮސްޕިޓަލުގަ އެޑްމިޓްކުރުމަކީ ނަމާދުއަޅަން ލިބޭ ޢުޛުރަކަށް ނަހަދާށެވެ! އެއީ ނަމާދުކުރަން ސަމާލުކަން އިތުރުކުރަންޖެހޭ ސަބަބެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހޮސްޕިޓަލުގަ އެޑްމިޓްކުރުމަކީ ނަމާދުއަޅަން ލިބޭ ޢުޛުރަކަށް ނަހަދާށެވެ! އެއީ ނަމާދުކުރަން ސަމާލުކަން އިތުރުކުރަންޖެހޭ ސަބަބެކެވެ!

މިހެން ބުނުމުން ބައަކު ހިތްހަމަނުޖެހިދާނެއެވެ. ނަމަވެސް ހޮސްޕިޓަލްތަކުގައި މަޑުކޮށްލަންޖެހޭ މީހަކު އެތަނުގައި ކަންކަން ހިނގާ ގޮތަށް ބެލުމުން މިއީ ޙަޤީޤަތްކަން ރަނގަޅަށް އެނގޭނެއެވެ. މަދުމީހަކު ނޫނީ އެޑްމިޓްކުރުމުން ނަމާދެއް ނުކުރެއެވެ. އަދި އެހީތެރިންގެ ގޮތުގައި ތިބޭ މީހުން އޭނާލައްވައި ނަމާދުކުރުވަން މަސައްކަތެއްވެސް ނުކުރެއެވެ.

ބައެއް މީހުން ބުނަނީ ގެއަށް ދެވުމުން ޤަޞާކުރާނީ ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ބާޠިލްވިސްނުމެކެވެ. ފަރުޟޫ ނަމާދުކުރުމަކީ ބަލިން ގަދަވުމުން ފުންޏަކަށް ކުރަން އޮތްކަމެއް ނޫނެވެ. ހަށީގައި ހޭހުރިނަމަ ނަމާދު އެޅުމެއް ނެތެވެ.

ބަލިމީހާއަށް ވުޟޫނުކުރެވޭނަމަ އެހީތެރިން ވުޟޫކޮށްދޭށެވެ. ބަލިމީހާ އޮތީ އަމިއްލައަށް އިސްތިންޖާވެސް ނުކުރެވޭނެ ޙާލަތުގައި ނޫންނަމަ އިސްތިންޖާކޮށްދޭށެވެ. އެންމެ ކުޑަމިނުން ހިތުން ނަމަވެސް ނަމާދުކުރަން ހިތްވަރުދީ އެކަން ކުރުވާށެވެ.

ގިނަބައަކަށް ޤަބޫލުކުރެވެނީ ޝިފާ ލިބުން އޮތީ ބޭހުން ކަމަށެވެ. އެހެންވެ ކޮންމެ އަގެއްދީފައިވެސް ބޭސް ގަންނާނެއެވެ. ގަޑިން ގަޑިއަށް ބޭސްކާންވެސް ދޭނެއެވެ. ބޭސްކާންދެނީ ނަރުސްކުދިންކަމަށްވެފައި އެކުދިން ކިރިޔާ ލަސްވެލިނަމަވެސް ރުޅިއައިސް އެއްޗެތިވެސް ގޮވާނެއެވެ.

މީސްތަކުންނޭވެ! ޝިފާލިބުން ވަނީ ބޭހަކު ނޫނެވެ. ބަލިފަސޭހަކުރުމުގެ ބާރު ލިބިގެންވަނީ ޑޮކްޓަރުންނަކަށް ނޫނެވެ. ޝިފާލިބުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. އީމާންވުމަށްފަހު އެކަމަށް ކުރަން އޮތް ފުރަތަމަ ޢަމަލަކީވެސް ނަމާދުކުރުމެވެ.

މިޚަބަރުގައިވާ ވީޑިއޯ ބައްލަވާލައްވާށެވެ! އިތުރު ހިތްވަރަކަށްވާނެއެވެ! އިން ޝާ ﷲ

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/watch/?v=394921802311376

މިއަދު އޮންލައިން