ޒަކާތް ނެގުމާމެދު އަބޫބަކުރުގެފާނުގެ ބަސްފުޅަށް ޢަމަލުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް! ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ވާޖިބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޒަކާތް ނެގުމާމެދު އަބޫބަކުރުގެފާނުގެ ބަސްފުޅަށް ޢަމަލުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް! ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ވާޖިބެއް!

މިއަދުގެ ހުކުރު ޚުޠޫބާގައިވެއެވެ. 

"މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤް (ރޢ) ގެ ޚިލާފަތުގެ ދުވަސްވަރު ޒަކާތްދިނުމުން މަނާވެގަތް މީހުންނާއި ހަނގުރާމަކުރައްވައިފައެވެ. އަދި ވިދާޅުވި ބަސްފުޅު އިސްލާމީ ތާރީޚުގައި ވަނީ މަޝްހޫރުވެފައެވެ. 

ރާއްޖޭގައި ޒަކާތް ނަގަން ހަނގުރާމަކުރާކަށެއްވެސް ނުޖެހޭނެއެވެ. ދައްކަން ޖެހޭކަމަށް ބުއްދިއަށް ޤަބޫލުވެސް ނުކުރެވޭ އެތައް ބައިވަރު ޓެކްސްތަކާއި ޑިޔުޓީތައް ރައްޔިތުން އެގެންދަނީ ކިޔަމަންތެރިކަމާއިއެކު މިހާރުވެސް ދައުލަތަށް ދައްކަމުންނެވެ.  

ޒަކާތް ނަގަން ބޭނުންވަނީ ހަމައެކަނި ނިޒާމެކެވެ. ޒަކާތް ދައްކަންޖެހޭ މީހުންނާއި ކުންފުނިތަކުން ޒަކާތް ދައްކާކަން ދައުލަތުން ބެލުމެވެ. ރައްޔިތުންގެ އަތުން މިހާރުވެސް ނަގަމުންގެންދާ ޓެކްސްތަކަށްބަލާއިރު މިއީ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެކަން މީރާއަށް ކުރެވޭނެއެވެ. އިތުރު މުއައްސަސާއެއް ބޭނުމެއްވެސް ނުވެއެވެ. 

ބޭނުންވަނީ ބޭންކަށް ދަރާއޮތްނަމަ އޮޓޮމެޓިކުން ރިބާ އިތުރުކުރާ އުޞޫލުން ބޭންކުގައި ހުންނަ ނިޞޯބް ހަމަވާ ފައިސާއިން ޒަކާތް އުނިކޮށް ޒަކާތުފަންޑަށް ޖަމާކުރަންޖެހޭނެކަން ޤާނޫނަކުން ކަނޑައެޅުމެވެ. 

މިއަދުގެ ޚުޠުބާގައި އިމާމް އެވަނީ ދައުލަތަށް މިކަންކަން ކުރުމަށް މެސެޖެއް ދެއްވާފައިކަމަށް ބެލެވެއެވެ. ޒަކާތް ނެގުމަކީ ދުލަތުން ކުރަންޖެހޭނެ ކަމެއް ނޫންނަމަ އަބޫބަކުރުގެފާނު އެކަމެއް ނުކުރައްވަވާނެއެވެ. ހަނގުރާމަކުރައްވައިގެން އަތެއްވެސް ނުލައްވަވާނެއެވެ.

މިއަދު އޮންލައިން