ޑޮކްޓަރު ބުނެގެން ކަސްރަތުކުރަންދޭވަރަށްވުރެ ﷲ ފަރުޟުކުރެއްވެވި ނަމާދުކުރަންދޭ ސަމާލުކަން ކުޑަކުރީމާ ބަލި ފަސޭހަވާނެތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޑޮކްޓަރު ބުނެގެން ކަސްރަތުކުރަންދޭވަރަށްވުރެ ﷲ ފަރުޟުކުރެއްވެވި ނަމާދުކުރަންދޭ ސަމާލުކަން ކުޑަކުރީމާ ބަލި ފަސޭހަވާނެތަ؟: މުފްތީ މެންކް

ހުރިހާ އެކުވެރިންވެސް ރަނގަޅަށް އަޑުއަހާށެވެ! ބަލިވީމާ ބާރަށް ދުއްވާފައި މިދަނީ ޑޮކްޓަރު ގާތަށެވެ. ބަލިވެގެން ދެއްކުމުން ޑޮކްޓަރަކު ކަސްރަތު ކުރާށޭ ބުނެފިނަމަ އެބުނި ވަރަށްވުރެ ގިނައިންވެސް (އިތުރަށްވެސް) ކަސްރަތު ކުރަމުއެވެ. ނަމަވެސް ﷲ ތަޢާލާ ނަމާދުކުރަން އަމުރުކުރެއްވެވުމުން އެކަމެއް ނުކުރެވެއެވެ. ޝިފާ ދޭނީ ޑޮކްޓަރުން ހެއްޔެވެ؟ ކަސްރަތު ހެއްޔެވެ؟ ޝިފާ ދެއްވަވާނީ ﷲ ތަޢާލާ ނޫންހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ. މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ. ޤަބޫލުކުރާނެވެސް ކަމެކެވެ. ނަމަވެސް ޢަޤީދާ ބަލިކަށިވުމުން ފުރިހަމއަށް ޤަބޫލު ނުކުރެވެނީއެވެ. އަމަލުވެސް ނުކުރެވެނީއެވެ.

ކަސްރަތަކީ ޑޮކްޓަރަކު ނުބިނަމަވެސް ކުރަންޖެހޭ ކަމެކެވެ. ބައްޔެއްވެގެން ވަކިބާވަތެއްގެ ކަސްރަތެއް ކުރަން ބުނެފިނަމަ އެކަން ކުރަންވެސްވާނެއެވެ. އެކަމާއި ދެކޮޅަށް ބަހެއް ބުނީއެއް ނޫނެވެ. ނަމަވެސް މިބުނަނީ އަހަރެމެންނަކީ މުސްލިމުން ކަމުގައިވާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ﷲ ތަޢާލާ އެކަމެއް ކުރަން އަންގަވާފައިވާ ކަންކަން ކުރަން ކަމަށެވެ. ދީނުގެ ފަރުޟުތައް އަދާކުރުމަށް ކަމަށެވެ.

އަވަހަށް ޢަމަލުތައް އިޞްލާޙްކޮށް ފުރަތަމަ ކަމަކަށް ނަމާދުކުރަން ފަށާށެވެ. ނަރަކައިން ސަލާމަތް ވެވޭނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން