ތުއްތުކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތުން ކީރިތި ޤުރްއާން ދަސްކޮށްދީ އަހުލުވެރިކުރުވުމަކީ ކިޔަވަން ކުދިން ޝައުޤުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ނަމަވެސް ބައެއް ބެލެނިވެރިންނަށް ޤަބޫލުކުރެވެނީ އެއީ ވަކިޢުމުރަކަށް އެޅުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ.
ކީރިތި ޤުރްޢާނުގެ ކުރު ސޫރަތްތައް ހިތުދަސްކޮށްދޭން ބެލެނިވެރިން ފަސްޖެހި ބުނާ އެއްވާހަކައަކީ އެކަމުން ކުއްޖާގެ ހިތުދަސްކުރުމަސް ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ. އެގޮތަށް ބުނެފައި ހަމަ އެދަރިފުޅަށް ދިގު ލަވަތައް ދަސްކޮށްދެއެވެ. ޕޮޔަމްތައް ދަސްކޮށްދެއެވެ. ކުއްޖާ އެއްޗެތި ހިތުން ކިޔާތަން ފެނި އަޑުއިވުމުން ކުއްޖާއަށް ތަޢްރީފްވެސް ކުރެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމާއިމެދު ނުބައި މައުލޫމާތު ފަތުރަނީ ކީރިތި ޤުރްއާން ނިކަމެތިކުރަން ބޭނުންވާ މީހުންނެވެ. ޤުރްއާން އުނގެނުމަށް ހުރަސްއަޅަން ބޭނުންވާ މީހުންނެވެ. ބެލެނިވެރިން މަސައްކަތްކުރަންވީ އެފަދަ ވަސްވާސްތައް ޤަބޫލުނުކުރުމަށެވެ. ކުއްޖާއަށް ފުރަތަމަ ހިތުދަސްކޮށްދޭ އެއްޗަކަށްވެސް ޤުރްއާން ހެދުމަށެވެ.
ޢުމުރާއި ގުޅޭގޮތުން ކުދިންގެ ހިތްތަކާއި ސިކުނޑިތައް ޤުރްއާނުން ފުރައިލާށެވެ! ކުއްޖާ ކުރަން އެންމެ ޝައުޤުވެރިކަމަކީ ޤުރްއާން އުނގެނުން ކަމުގައި ހަދަން މަސައްކަތްކުރާށެވެ! ހިތުދަސްކުރުމުން، ރީތިކޮށް ކިޔެވުމުން ތައްރީފްކުރާށެވެ! އިނާމުވެސް ދޭށެވެ. އެކަމުގެ ފައިދާ މުޅި ޢުމުރަށްކުރާނެއެވެ! އިން ޝާ ﷲ
މިވީޑިއޯ ބައްލަޥާލައްވާށެވެ! އަދި ކުޑަދަރިފުޅަށްވެސް ދައްކަވާށެވެ! ޝައުޤުވެރިކަން އުފެދޭނެއެވެ. ހިތްވަރުލިބޭނެއެވެ! އިން ޝާ ﷲ
ގުޅުންހުރި ވީޑިއޯ: