ބިމުން ފެން ހުސްވުމަކާ ތިމާވެށީގެ މައްސަލަތަކަކާ އެއްވެސް ގުޅުމެއް ނެތްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބިމުން ފެން ހުސްވުމަކާ ތިމާވެށީގެ މައްސަލަތަކަކާ އެއްވެސް ގުޅުމެއް ނެތްކަން ޤުރްއާނުން-

ކޯރުތައް ހިނދުމާއި ބިމުން ފެން ހުސްވުން ފަދަ ކަންކަން މިއަދު މީސްތަކުން ގުޅުވަނީ ތިމާވެށީގެ މައްސަލަތާއިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއިއެވެ. ފެން ޕަމްޕްކުރުމާއި މީސްތަކުން ފެންނަގާވަރު ގިނަވުމާއިއެވެ. 

ފެންނަގާވަރު ގިނަވެގެން ނުވަތަ ޕަމްޕްޖަހައިގެން ފެންނެގުމަކީ ބިމުން ފެން ހުސްވާން މެދުވެރިވާ ސަބަބެއްނަމަ ޒަމްޒަމްވަޅުކޮޅުން ފެން ހިނދި ހުސްނުވަނީ ކީއްވެގެންހެއްޔެވެ؟ ވިސްނާބައަކަށް މިއީ ޢިބްރަތަކަށް ނުވޭހެއްޔެވެ؟ 

"ފަހުގެ ތާރީޚެއްގައި ޒަމްޒަމް ވަޅުކޮޅުން ފެން ނެގުމަށް ވަޅުކޮޅޮގެ ދިޔަ މަދުވާ މިންވަރު ޓެސްޓުކުރުމަށްޓަކައި ސިކުންތަކު 8000 ލީޓަރުގެ ފެން ނެގޭ ޕަމްޕެއް ބޭނުންކޮށްގެން 24 ގަޑިއިރު ވަންދެން ފެން ނެގުނު. މިއީ ޖުމްލަ 691.2 މިލިއަން ލީޓަރުގެ ފެން. އެވަރަށް ފެން ނެގުންއިރު ވަޅުކޮޅޮގެ ދިޔަ ތިރިވެފައިވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ މިންވަރަށް. ޕަމްޕުކުރުން ހުއްޓާލުމަށްފަހު އެއްމެ 11މިނިޓުގެ ތެރޭގައި ކުރިންހުރިވަރަށް ވަޅުކޮޅުގެ ފެން ވަނީ އުފުލިފަ." އެވެ.

ކަމުގެ ޙަޤީޤަތް މިއޮތީ ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް ފެންނާށެވެ.  

"އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ."

(އަލްމުއްމިނޫން: 18)

މިއަދު އެތައް މިލިއަން މީހުން އެތިބީ ބޯން ބޭނުންކޮށްލާނެ ސާފު ބޯފެންފޮދެއް ނުލިބިއެވެ. ފެންފޮދެއް ނުލިބިގެން ކޮންމެ އަހަރަކު އެތައް ހާސް ބައަކު އެދަނީ މަރުވަމުންނެވެ. ކަންކަން އެނގޭނީ ހޯދާ ބަލާ ބައަކަށެވެ. ވިސްނައި ފިކުރުކުރާ ބައަކަށެވެ. ޤަބޫލުކުރަންވީ ކަމަކީ ނިޢްމަތަށް ޝުކުރުވެރިނުވާނަމަ އެ ނިޢްމަތް ދެއްވެވިފަދައިން އަނބުރާ ގެންދެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަކަމެވެ. 

ބައްދަލުވުންތައް ބާއްވައި މަޝްވަރާކުރަންވީ މިފަދަ ޙަޤީޤަތްތަކުގެ މައްޗަށެވެ. ބާރުއަޅަންވީ ކީރިތި ޤުރްއާނުގެ މަގަށް އެނބުރި ރުޖޫޢަވުމަށެވެ. ޔަޤީންކުރަންވީ ހުރިހާ މައްސަލތަކެއްގެ ޙައްލުވެސް ވަނީ އެކަލާނގެ ޙަޟްރަތުގައިކަމެވެ. ކާމިޔާބު ލިބުން ވަނީ ﷲ ތަޢާލާ ދެއްވެވުމުން އެކަނި ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން