ޖީއެސްޓީ ގަދަކަމުން އަތުލުމުގެ ކުރިން ޒަކާތް ނަގަންޖެހޭނެ: ޝައިޚް ޖަޢްފަރު ފާއިޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޖީއެސްޓީ ގަދަކަމުން އަތުލުމުގެ ކުރިން ޒަކާތް ނަގަންޖެހޭނެ: ޝައިޚް ޖަޢްފަރު ފާއިޒް

މިދިއަ ހުކުރު ދުވަހުގެ ޚުޠުބާ އަޑުއިވުމުން ވިސްނާލަންޖެހެނީ އަބަދުވެސް ވަރަށް ސާބިތުކަމާއިއެކު ދީނުގެ ކަންކަން ބަޔާންކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ ޝައިޚް ޖައްފަރު ފާއިޒު ވިދާޅުވެފައިވާ ތިރީގައިވާ ބަސްފުޅުތަކެވެ.

"ﷲ ތައާ ކުރައްވަވާފައިވާ އަމުރުފުޅުތައް ތަންފީޒުކުރުން މިދަނީ މަދުވަމުންނެވެ. އެކަންކަމާއި ދުރުހެލިވަމުންނެވެ. މިގޮތުން ބަލާއިރު ދުވަހެއް ދުވަހަކަށް މިދެވެނީ ﷲ ތަޢާލާގެ ޙައްދުތައް ޤާއިމުކުރުމާއި ދުރުވަމުންނެވެ.

ﷲ ތަޢާލާ ވެރިކަމުގެ މައްޗަށް ލާޒިމުކުރައްވަވާފައިވަނީ ޒަކާތް ނެގުމެވެ. ނަމަވެސް އެކަން މިއަދު މިވަނީ އިޚްތިޔާރީ ކަމަކަށްވެފައެވެ. ނަމަވެސް ސަރުކާރުން ތަޢާރަފްކޮށްފައިވާ ޓެކްސްތަކާއި ޖީއެސްޓީ މިގެންދަނީ ނުދައްކައިފި ނަމަ ގަދަ ކަމުންވެސް ނަގަމުންނެވެ.

ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވަނީ ޤިޞާޞް ހިފުމަކީ އެކަމުގެ ސަބަބުން ދިރުން ލިބޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު މިބުނަނީ ޤިޞާޞް ހިފަން ފަށައިފިނަމަ މީހުން މަރުވެ ޤައުމުން މީހުން ހުސްވެދާނެ ކަމަށެވެ. އެހެން އެ ބުނާ މީހުންނަށް ﷲ ތަޢާލާއަށްވުރެ "މާމޮޅަށް" ކަންތައްތަކެއް އެނގެނީ ހެއްޔެވެ؟ ސުބްޙާނަﷲ!

ﷲ ތަޢާލާ އަންގަވާފައިވަނީ ކީރިތި ޤްރްއާން ކިޔަވައި އެއަށް އަމަލުކުރުމަށެވެ. ނަމަވެސް އެ ފޮތް މިހާރު ހަދާފައި މިވަނީ ގޭގެ މަތާރަން ފިލާމަތީގައި ރީއްޗަކަށް ބާއްވާ އެއްޗަކަށެވެ.

މިއަދު އިސްލާމަކަށް ކިޔާ ނަމެއް ކިޔުމުން އެއީ އިސްލާމެއްކަމަށް އެބަ ބުނެވެއެވެ. ސުވާލަކީ އިސްލާމުންނަށް ކިޔާ ރީތި ނަންތައް ކިޔުމުން އެމީހުންނަކީ މުސްލިމުންކަމުގައި ވޭހެއްޔެވެ؟ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް އެމީހުންނަށް ކަމުދޭ ހެއްޔެވެ؟ ކަމު ނުދާނަމަ އެއީ އިސްލާމުން ހެއްޔެވެ؟"

މާތް ﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން