މިމަގުން ޢަމަލުކުރާނަމަ ކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރެވި ބަރަކާތް ލައްވަވާނެ- ނޫންނަމަ ކަންކަން އަމިއްލައަށް ކުރަން ދޫކޮށްލައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިމަގުން ޢަމަލުކުރާނަމަ ކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރެވި ބަރަކާތް ލައްވަވާނެ- ނޫންނަމަ ކަންކަން އަމިއްލައަށް ކުރަން ދޫކޮށްލައްވަވާނެ!

އިމާމް އިބްން އަލްޤައްޔިމް رحمه الله  ވިދާޅުވެފައިވެއެވެ. 

"މީހަކު ފަތިހު ނިދީން ހޭލީންސުރެ އޭނާ ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެގޮތަށް ކަންކަންކޮށް، ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ގޮތަށް ކަންކަން ނުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތެވެ. އޭނާއަށް ކުރިމަތިވާ ކަންބޮޑުވުންތަކުން ސަލާމަތްކަން ދެއްވަވާނެތެވެ. 

އެފަދަ މީހާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުކުރައްވަވައި އެހިތް ﷲ ތަޢާލާއަށް ލޯބިން ފުރުއްވަވައިލަދެއްވަވާނެތެވެ. އޭނާގެ ދުލުން ގިނަގިނައިން ޛިކުރުކުރުމުގެ ކުޅަދާނަކަން ދެއްވަވާނެތެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ސާބިތުވުމުގެ ކުޅަދާނަކަންވެސް ދެއްވަވާނެތެވެ. 

އަދި ނިދީން ހޭލައ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރާ މީހާގެ ކަންކަން ދަތިކުރައްވަވާނެތެވެ. ހިތްދަތިކަމާއި ތަކްލީފްތައް ކުރިމަތިކުރައްވަވާނެތެވެ. އެމީހާ އެދޭކަންކަން އެމީހާ އަމިއްލައަށް ފުއްދަން ދޫކޮށްލައްވަވާނެތެވެ. (މާނައީ: އެމީހާ ކުރަން ބޭނުންވާ ކަންކަން ކުރަން ރަޙްމަތް ނުލައްވަވާނެކަމެވެ. އަދި ޙާޞިލްވާ ކަންކަމުގައި ބަރަކާތް ނުލައްވަވާނެކަމެވެ.)

އަދި އޭނާގެ ހިތަށް ދުނިޔަވީ ބޭނުންތަކަށް ދަހިވެތިވެ މަރުދިނުން ލައްވަވާނެތެވެ. އެމީހާއަށް ގެއްލުންހުރި ބަސްތައް ބުނެވޭނެތެވެ. 

ޖަނަވާރުތައް އެތަކެތީގެ ބޭނުންތައް ފުއްދަން މަސައްކަތްކުރާފަދައިން ހަމައެކަނި އަމިއްލަ އެދުންތަކާއިގެން ދުނިޔޭގައި ތެޅިފޮޅޭ މީހަކު ކަމުގައިވެސް ލައްވަވާނެތެވެ." 

އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން