އާލު ޢިމްރާން ސޫރަތުގެ 102 ވަނަ އާޔަތުގައި އަމުރުވެވިގެންވާ ފަދައިން ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތަޤްވާވެރިވުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ؟
މާތް ޞަޙާބީ ޢަބްދު ﷲ ބިން މަސްޢޫދު -رضي الله عنه- ވިދާޅުވެފައިވާ ގޮތުގައި އެއީ ﷲ އަށް ކިޔަމަންވުމާއި އެއިލާހަށް ނުއުރެދުމެވެ. އަދި ﷲ އަށް ޝުކުރުވެރިވުމާއި އެއިލާހުގެ ނިޢުމަތްތަކަށް ކުފުރުނުުވުމެވެ. އަދި ﷲ ގެ ޒިކުރުކުރުމާއި އެއިލާހުގެ ޒިކުރުން ޣާފިލުނުވެމެވެ.
ކުރީގެ ޞާލިޙުން އަޅުކަމެއް އަދާކުރެއްވުމަށް ފަހުގައި ތިއްބަވަނީ އެއަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަފާނެ ކަމުގެ ބިރުވެތިކަމުގައެވެ. އަޅުގަނޑުމެންގެ ޙާލަތަކީ އަޅުކަމެއް ކޮށްފިނަމަ ފޮޓޯ ނަގައި ދެއްކުންތެރިކަމާއި އެކީ އެކަން އިޢުލާންކުރުމެވެ.
- ޝައިޚް އަޙްމަދު ރިމާޒް