ފަތިސް ނަމާދުގެ ކަންޒުތަކުގެ ތެރެއިން 9 ފައިދާ-: ޝައިޚް އަޙްމަދު ރިމާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ފަތިސް ނަމާދުގެ ކަންޒުތަކުގެ ތެރެއިން 9 ފައިދާ-: ޝައިޚް އަޙްމަދު ރިމާޒް

ފަތިސް ނަމާދުގެ ކަންޒުތަކުގެ ތެރެއިން:

1- ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަކީ ޘަވާބުގެ ގޮތުން މުޅި ރޭ، ރޭއަޅުކަންކުރުން ފަދަ ކަމެއް

2- ފަތިސް ނަމާދު ކުރުމަކީ ﷲ ގެ ރައްކާތެރިކަން މުޅި ދުވަހު އެމީހަކަށް ލިބޭނެ ކަމެއް

3 -ނަރަކައިން މިންޖުވުން

4- ޤިޔާމަތް ދުވަހުން ނޫރެއް ދެވިގެން ދިއުން

5- ފަތިސް ނަމާދުގެ އިހު ސުންނަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ މާތް ވެގެން ވާ 2 ރަކްޢަތަށް ވީ ހިނދު ފަރުޟް ފަތިސް ނަމާދުގެ ޘަވާބުގެ މިންވަރު ތަސައްވުރު ކޮށްލައްވާ

6- ފަތިހާއި ހެނދުނު ވަގުތުގައި ﷲ ތަޢާލާ ބައްސަވާ ބަރަކާތް ޙާސިލުވުން

7- ފަތިސްނަމާދު ކުރާ މީހުންނަށްޓަކައި މަލާއިކަތްބޭކަލުން ﷲ ތަޢާލާގެ ދަރުބާރުގައި ހެކިވެވޮޑިގަންނަވާނެ 8-

8- ޤިޔާމަތް ދުވަހުން ﷲ ގެ ވަޖުހުފުޅު ދުށުމުގެ ނިޢުމަތް ލިބުން 

9- ނިފާޤުކަމުން ބަރީއަވުން 

(المصدر: صفحة طريق التوبة)

- ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން